8. ސައިރަސްގެ އުތުރުގެ ކެމްޕެއިން -މެސެގަޓާއީންނާއި ކުރެވުނު ހަނގުރާމަ
 
ގްރީކް ތާރީޚީ އިލްމުވެރިޔާ ހެރޮޑޮޓަސް ސައިރަސްއާއި މެސެގަޓާއީ ކިޔާ ޓްރައިބަކާއި ކެސްޕިއަން ކަނޑުގެ އިރުމަތީގައި ވަރުގަދަ ހަގުރާމައެއް ކުރެއްވި ވާހަކަ ލިޔުއްވާފައި ވެއެވެ. އޭނާވިދާޅުވާގޮތުން ސަކާ މީހުންނާއި މިބައިމީހުން ގުޅެއެވެ. މިބައިމީހުންނަކީ ސަޤާފީގޮތުން ސީތިއަނުންނެވެ. މިބައިމީހުންނަކީ ކުޅަދާނަ އަސްވާރުން ތަކެކެވެ. ޔޫރަޕްގައި މިބައިމީހުން މަޝްހޫރުވެފައިވަނީ ސްޓޭޕް ވޮރިއާރސްގެ ގޮތުގައެވެ. އަދި އަސްމަތީގައި ކުރެވޭ ހަނގުރާމަޔަށް މިބައިމީހުން ވަރަށް މޮޅުކަމަށް ވެއެވެ. މިބައިމީހުންގެ ހަނގުރާމަތަކުގައި އަންހެނުންވެސް ބައިވެރިވެއެވެ. މިބައިމީހުން 3 ހަގުރާމައެއް ޑާރިއަސް 1 ދެކޮޅަށް ކުރިއެވެ. ނަމަވެސް ޑާރިއަސް 1 އެންމެފަހުން ހަގުރާމަ ކާމިޔާބުކުރެއެވެ. އެވާހަކަ ބެހިސްތަން އިންސްކްރިޕްޝަންގައި ލިޔެފައިވެއެވެ.
 
ބެހިސްތަން އިންސްކްރިޕްޝަން: ސޯސް- Iran
 

Afterwards with an army I went off to Scythia, after the Scythians who wear the pointed cap. These Scythians went from me. When I arrived at the river, I crossed beyond it then with all my army. Afterwards, I smote the Scythians exceedingly; [one of their leaders] I took captive; he was led bound to me, and I killed him. [Another] chief of them, by name Skunkha, they seized and led to me. Then I made another their chief, as was my desire. Then the province became mine.

 
ސައިރަސް އާއި ޑާރިއަސް 1، ޕާޝިއަން އެމްޕަޔާރގެ އުތުރުން އަދި ކެސްޕިޔަންސީގެ ހުޅަނގުބިތުގައި ހަނގުރާމަކޮށްފައިވާ މީހުންނަކީ އިޔޮރޭޝިއާގެ ނޮމޮޑުންނެވެ. މިއީ އިޔޮރޭޝިއާގެ ސްޓޭޕް (އޭޝިޔާއިން އިރުމަތީ ޔޫރަފާ ހަމަޔަށް ދަމާލެވިފައިވާ ގަސްމަދު ވިނައިގެ ބިން) ގައި ދިރިއުޅޭ މީހުންނެވެ. މިބައިމީހުން ވަކިތަނެއްގައި ވަޒަންވެރިވެ ނުތިބެއެވެ. މިބައިމީހުން ގެންގުޅޭ ލައިވްސްޓޮކަށް ބޭނުންވާ ކާނާ ހޯދުމަށްޓަކައި އެއްތަނުން އަނެއްތަނަށް ދެއެވެ. ތާރީޚުގެ އެކިދުވަސްވަރު އެކިއެކި ނަންނަން މިފަދަ ޖަމާއަތްތަކުގެ މީހުންނަށް ތާރީޚު އިލްމުވެރިން ކިޔާފައިވެއެވެ. އަދި އެކިސަރަހައްދުތަކުގައި އުޅޭ މީހުންނަށް ވެސް އެކިނަން ނަން ކިޔަފައިވެއެވެ. މިސާލަކަށް ސަރްމެއިޝިއަންސް، ސީތިއަންސް، މެސަގެޓާއީ، ސަކާ ފަދަ ނަންނަން ހިމެނެއެވެ. މި ޓްރައިބުންނަކީ ސަޤާފީގޮތުން ކޮންމެވެސް ވަރަކަށް ސީތިއަނުންއާއި ގުޅޭބަޔެކެވެ. މިބައިމީހުން ސްޓޭޕްގެ އެކި ސަރަހައްދުތަކުަގައި ކޮންފިޑަރޭޝަން ހަދައިގެން ދިރިއުޅެމުންގޮސްފައިވެއެވެ. ބައެއްޖަމާއަތްތައް ބޮޑުވެ ރަސްރަސްކަލުންނާއި ރަނިން މިބައިމީހުންގެ ތެރެއިން އުފެދިގެން އައެވެ. ސައިރަސް ހަނގުރާމަ ކުރި މީހުންނަށް ކިޔަނީ މެސަގައިޓީއެެވެ. ޑާރިއަސް 1 ހަނގުރާމަ ކުރި ސީތިއަންގެ ޖަމާއަތަށް ކިޔަނީ ސަކާއެވެ. މިބައިމީހުން ދިރިއުޅެނީ ބޮޑެތި ސިޓީ ތަކުގައި ނޫންކަމުގައިވާތީ ލިބޭނެ ގެއްލުމަކަށް މިބައިމީހުން ޖެހިލުމެއް ނުވެއެވެ. ވުމާއެކު މިބައިމީހުންނާއި ހަނގުރާމަކޮށް ބަލިކުރުމަކީ އުދަގޫކަމެއްކަމަށް އެދުވަސްވަރުގެ ބާރުގަދަ ރަސްރަސްކަލުން ޤަބޫލުކުރެއެވެ. 
 
 
މެސަގަޓައި
 
600-700 ބީސީގައި މިބައި މީހުން ކޯކަސަސް ފަރުބަދަ ހުރަސްކޮށް މެދު އިރުމަށްޗަށް އަރައި ފޭރިހެދިކަމަށްވެއެވެ. އަދި އޭގެފަހުންވެސް މި ކަންކަން ދެދޭތެރެއިން ހިންގަމުން ގޮސްފައިވެއެވެ. މިބައިމީހުން އަސްތަކުގައި ބާރު ސްޕީޑްގައި އައިސް އަވަށްތަކަށް އަރައި ބޭނުންކަމެއް ކޮށްގެން ފަރުބަދަތަކުތެރެއަށް ވަދެ ފިލައެވެ. އާންމުކޮށް ގެންގުޅޭ ހަތިޔާރަކީ ތީރާއި ލޮންސިއެވެ. އަދި ކޯރާޑިފަދަ ހަތިޔާވެސް ބޭނުންކުރެއެވެ. އާސީރިއަން އެމްޕަޔާރ ފުޑުފުޑުކޮށްލުމުގެ އިސްރޯލެއް ސީތިއަނުން އަދާކޮށްފައިވެއެވެ. ފަހުން އަކީމަނީޑް އެމްޕަޔާއާއި ދެކޮޅަށްވެސް  ހަގުރާމަކޮށް ހެދިއެވެ. ނަމަވެސް އަކީމަނީޑް އެމްޕަޔާރ މިބައިމީހުންގެ މައްޗަށް ފަތަހަ ހޯދާ މިބައިމީހުން ދިރިއުޅުނު ސަރަހައްދު ކޮރަސްމިޔާ (ޚަވާރަޒަމް) ގެ ބައެއްގެގޮތުގައި ހަމަޖެއްސިއެވެ.
 
 
ބްލެކްސީ ސަރަހައްދުން ސީތިއަން ކައްވަޅަކުން ފެނުނު ސްޓީލް ބޯތައްޓެއްގައި އެބައިމީހުން އަމިއްލައަށް ކުރަހާފައިވާ ކުރެހުމެއް
 
 
500 ބީސީގައި ސީތިއަން ވޮރިއާސް ތިބޭގޮތް ދައްކާދޭ ކުރެހުމެއް: ސޯސް -ޕިންޓެރެސްޓް
 
އަޅުގަނޑު ދެކޭގޮތުގައި ޔައުޖޫޖް މައުޖޫޖް ބާގައިގެ މީހުންނަކީ މެދުތެރޭ އަދި ހުޅަނގު އޭޝިޔާގެ ސްޓޭޕްގައި ސައިރަސްގެ ދުވަސްވަރު އުޅުނު ސީތިއަން އޮރިޖިންގެ މީހުންނަށް ވެދާނެއެވެ. ނުވަތަ ސްޓޭޕް ވޮރިއާއިންނެވެ. ބައިބަލްގައި އައިސްފައިވާ ގޮގް އެންޑް މެގޮގް އަކީ ވެސް ބައިބަލް ދިރާސާކުރާ ބައެއް މީހުން ބުނާގޮތުން ސްޓޭޕް ވޮރިއާއިންގެ ޖަމާތަކެވެ. އެކަމަކު ދެފޮތުގައި މިބައިމީހުންގެ ވާހަކަ އައިސްފައިވަނީ ދެ ޙާލަތެއްގައި ދެ ދުވަސްވަރަކަށް ނިސްބަތްކޮށް އަދި ތަފާތު ދެ ނަމުގައެވެ.