ދަނޑުވެރިކަން


ވެލީގައި ހައްދާ ގަސްގަހަށް ބޭނުންވާ ކާނާ ތައްޔާރު ކުރުމާއި ބެލެހެއްޓުން

މި މަޒްމޫނުގައި އަޅުގަނޑު ބަލައިފައިވަނީ ގަސް ހެދި ބޮޑުވެ މޭވާ އެޅުމަށް ބޭނުންވާ ކާނާ އަކީ ކޮބައިކަމާއި އަދި އޯގަނިކް ފާޓިލައިޒާ ނުވަތަ ކޮމްޕޯސްޓް ހަދާނެ ގޮތެވެ. އަދި އޭގެ އިތުރަށް ވަކިވަކި ކާނާގެ ބާވަތްތައް ލިބޭ އޯގަނިކް ތަކެއްޗަކީ ކޮބައިކަންވެސް ބުނެދެވިފައިވާނެއެވެ.

ރާއްޖޭގައި ޒަމާނީ ދަނޑުވެރިކަމުގެ ސިނާއަތެއް ޤާއިމުކުރުމަށްޓަކައި ސާނަވީ ތަޢުލީމުގެ ނިޒާމަށް އެގްރިކަލްޗަރަލް އެޑިޔުކޭޝަން ތައާރަފް ކުރުމުގެ މުހިއްމުކަން

އިންސާނުން ހޮހޮޅަތަކުގެ ދިރިއުޅުމުން ވިލެޖުތަކާއި އަވަށްތަކާއި ސިޓީތަކުގެ ދިރިއުޅުމަށް ގެންގޮސްދިން އެންމެ މުހިއްމު އެއް މަސައްކަތަކީ ދަނޑުވެރިކަމެވެ. ޝިކާރަކުރުމާއި ޖަންގަލީތަކުން ގޮވާމާއި މޭވާގެ ބާވަތްތައް އެއްކުރުން ދޫކޮށް، ކޯރުތަކުގެ އައްސޭރިތަކުގައި ދަނޑުގޮވާންކުރަން ފެއްޓުމަކީ، ތަހުޒީބީ މުޖުތަމައުތައް އުފެދުމުގެ އެއް ސަބަބެވެ. ކާބޯތަކެއްޗާއި ބޯހިޔާވަހިކަމާއި ރައްކާތެރިކަން ފަދަ ކަންކަމަކީ އިންސާނާގެ އަސާސީ ބޭނުންތަކެވެ. މިހެން މިކަން އޮތްއިރު ފުދުންތެރި ޤައުމަކަށް ވުމަށްޓަކައި ކާބޯތަކެތީގެ އުފެއްދުންތެރިކަން ދިވެހިން މިއަދު އިތުރުކުރަން ޖެހެއެވެ……

 

މަސްބޭނުންކޮށްގެން ތަރުކާރީއާޢި މޭވާގަސް ހައްދާނެގޮތް

މި މަޒްމޫނުގައި އަޅުގަނޑު ލިޔެފައިވަނީ މަސް ބޭނުންކޮށްގެން ތަރުކާރީ އާއި މޭވާގަސް ހައްދާނޭގޮތުގެ މައްޗަށެވެ. މިގޮތަށް ގަސް ހެއްދުމަށް ކިޔަނީ “އެކުއަޕޯނިކްސް” އެވެ. އެކުއަޕޯނިކްސް އަކީ އެއްވެސް ކެމިކަލެއް ބޭނުން ނުކޮށް ފެނުގައި ގަސްހެއްދުމުގެ ދަނޑުވެރިކަމުގެ ބާވަތެކެވެ. ޓޭންކުތަކެއްގައި ގެންގުޅޭ މަސް ފެނަށް ދޫކުރާ ނަޖިސް ފެނާއި އެކުވުމުން އެފެން ގަސްހެއްދުމަށް، އޭގެ ކާނާގެ ގޮތުގައި ބޭނުންކުރެއެވެ. މި މަޒްމޫނުގައި އަޅުގަނޑު ބުނެދީފައިވަނީ އެފަދަ ސިސްޓަމްތައް މަސައްކަތްކުރާ ގޮތާއި ބައެއް ސިސްޓަމްތައް ހަދާނެގޮތެވެ…..

ދަނޑުވެރިކަން: ޕެސްޓް ކޮންޓްރޯލް ކުރާނެގޮތް

ތަރުކާރީއާއި މިރުސްފަދަ ބާވަތްތައް ހެއްދުމަކީ އޭގެން ލާބަޔާއި މަންފާ ލިބޭ ކަމެކެވެ. އެއީ ފެނުގައި ހެއްދިކަމުގައި ވިޔަސް އަދި ވެލީގައި ހެއްދި ކަމުގައި ވިޔަސްމެއެވެ. މިފަދަ ގަސްގަސް ހައްދާ މީހުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕެސްޓާއި ގަހަށްޖެހޭ ބަލިތަކުގެ ސަބަބުން ގަހަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އުދަގޫވުމެވެ. ސަބަބަކީ އެކަން ރަގަޅަށް ނުކުރެވުނުނަމަ ޚަރަދާއި ވަޤުތު އިސްރާފުވެ، ގަސްތަކުން ލިބެން ޖެހޭ ފުރިހަމަ ނަފާ ނުލިބުމެވެ. ހާމަކޮށް ހުޅުވިފައި ހުންނަ ތަންތަނުގައި އާއި އަދި ގިނަ ގަސްގަހުގެ ކައިރީގައި، ހައްދާއިރު މި އުނދަގޫ މާ ބޮޑަށް ފޯރައެވެ…….

 

ފެނުގައި ތަރުކާރީ އާއި މޭވާ ގަސް ހެއްދުން (ސޮއިލްލެސް ކަލްޗާރ)

ފެނުގައި ތަރުކާރީއާއި މޭވާހެއްދުމަކީ އޭގެން ގިނަލާބަޔާއި މަންފާތަކެއް ލިބޭކަމެކެވެ. އެއީ މުނިފޫހިފިލުވުމުގެ ގޮތުން ކުރުން ކަމުގައި ވިޔަސް އަދި އާމްދަނީއެއް ހޯދުމުގެގޮތުން ކުރުން ކަމުގައި ވިޔަސްމެއެވެ. ފެނުގައި ގަސްހެއްދުމަކީ ވިޔަފާރީގެ އުސޫލުން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ވަރަށް ފުޅާކޮށް ކުރަމުންއަންނަ ދަނޑުވެރިކަމުގެ ގޮތެކެވެ. އަދި ދުނިޔޭގެ އެކިކަން ކޮޅުތަކުގައި ގިނަބަޔަކު ކުދިކުދި ސިސްޓަމްތަކުގައި ގޭގައިވެސް ފެނުގައި ގަސް ހައްދާ އުޅެއެވެ. (ކިއުއްވާ..)