އައިންސްޓައިންގެ ރެެލެޓިވިޓީ: ޓައިމް ޑައިލޭޝަން

އަޅުގަނޑު މި މަޒްމޫނުގައި ބަލާލައިފައިވާނީ ރެލެޓިވިޓީގެ ޓައިމް ޑައިލޭޝަންގެ މައްޗަށެވެ. ޓައިމް ޑައިލޭޝަން އަކީ ގަޑީގެ ހިގުން ނުވަތަ ވަޤުތު ލަސްވުމެވެ. މިކަން ވަނީ އެކްސްޕެރިމެންޓް ތަކުގެ އަލީގައި ހޯދާފައެވެ އައިންސްޓައިންގެ ސްޕެޝަލް ރެލެޓިވިޓީ އަދި ޖެނެރަލް ރެލެޓިވިޓީގައި ބަޔާންކޮށްފައިވާ ތިޔަރީތައް ތެދުކަން މިޒަމާނުގެ ސައިންޓިސްޓުން ވަނީ ހޯދާފައެވެ. މިސާލަކަށް ގްރެވިޓީއާއި ބެހޭގޮތުން ގެނަސްފައިވާ ތިޔަރީތައް ރަގަޅުކަން، 2012 ވަނަ އަހަރު އިތުބާރުހުރި އިނިސްޓްރޫމެންޓްތައް ބޭނުންކޮށްގެން ހަދާފައިވާ އެކްސްޕެރިމްންޓް ތަކުންދެއްކިއެވެ. 

ޓައިމް ޑައިލޭޝަން

20 ވަނަ ގަރުނުގެ ކުރީކޮޅު އިނގިރޭސި ސައިންޓިސްޓް، ޖޭމްސް ކްލާކް މެކްސްވެލް، އަލި ދަތުރުކުރަނީ އެއްސްޕީޑެއްގައި ކަމުގައި ލަފާކުރިއެވެ. ނަމަވެސް އެކަން ބެލޭނެ އިންސްޓްރޫމެންޓާއި ގޮތެއް އޭރަކު އޭނާޔަކަށް އެގިފައި ނުވާތީ މެކްސްވެލް އަކަށް އެކަން ޔަޤީނެއް ނުކުރެވުނެވެ. މިސާލަކަށް ދިއްލާފައި ހުރި ބޮތްކަކާ ދިމާލަށް އަލީގެ ސްޕީޑާއި ވަރަށް ކައިރިކުރާ ސްޕީޑެއްގައި މީހަކު ދިޔަނަމަވެސް އަލީގެ ސްޕީޑަކީ އަލީގެ ސްޕީޑްގެ ދެގުނައެއްނޫނެވެ. އޭގެ ބަދަލުގައި އަލީގެސް ޕީޑަކީ ހަމަ ގަޑިޔަކު  299792458 މީޓަރުގެ ބާރުމިނެވެ. މިއީ އައިސްޓައިންގެ ރެލެޓިވިޓީގެ އެންމެ މުހިއްމު އެއްތަބެވެ.

ޓައިމް ޑައިލޭޝަން އަކީ ބިމަށްދަމާ ބާރުގެ ސަބަބުން ނުވަތަ ބާރަށް ދަތުރުކުރުމުގެ ސަބަބުން ވަޤުތު ލަސްވުމެވެ. މި މަޒްމޫނުގައި ބަލައިފައިވަނީ ސްޕީޑްގެ ސަބަބުން ވަޤުތު ލަސްވުމެވެ. އައިންސްޓައިން، ޓައިމްޑައިލޭޝަން (ވަޤުތުލަސްވާގޮތް) ދެއްކުމަށްޓަކައި ހުށައެޅި ތޯޓް އެކްސްޕެރިމެންޓްގައި ބޭނުންކޮށްފައިވަނީ ލައިޓް ކްލޮކް ( އަލީ ގެ ގަޑި) އެކެވެ. މިގަޑީގައި ހުންނަނީ މައްޗާއި ތިރީގައި ހަރުކޮށްފައިވާ ދެލޯގަނޑެވެ. އަދި ސިކުންތަކު އަލީގެ ޕަލްސެއް އެއްލޯގަނޑުގައި ޖެހިފައި އަނެއް ލޯގަނޑުގައި ޖެހެއެވެ. ކޮންމެފަހަރަކު އަލީގެ ޕަލްސް ދެލޯގަނޑު ދޭތެރޭ ދަތުރުކުރާއިރު އެކަމަށް ނަގަނީ އެއް ސިކުންތެވެ. މީގެދެގަޑި އެއްގޮތަށް ހަމަކޮށްފައި (ސިންކްރޮނައިޒް ކޮށްފައި) އެއްގަޑި ދުނިޔޭގައި އަދި ދެވަނަގަޑި ޖައްވީ އުޅަދެއްގައި ބެހެއްޓިއެވެ. ފުރަތަމަ ބަލާނީ ޖައްވީ އުޅަދުގެ ރިފަރެންސް ފްރޭމުންނެވެ. ދެންބަލާނީ ދުނިޔޭގެ ރިފަރެންސް ފުރޭމުންނެވެ. އުޅަދު ހުއްޓައިގެން އޮންނައިރު އަލީގެ ޕަލްސް އެއްފަހަރުދާނީ 1 ސިކުންތުންނެވެ. އެސްޓްރޯނަޓަށް ފެންނާނީ ޖައްވީއުޅަނދުގެ ރިފަރެންސް ފްރޭމުން، ދުނިޔޭގެ ގަޑީގައި ޕަލްސް ދަތުރުކުރާގޮތަށް ދެލޯގަނޑު ދޭތެރޭ އަލީގެ ޕަލްސް ދަތުރުކުރާތަނެވެ.

 މ

ދެން ޖައްވީ އުޅަނދު ބާރު ސްޕީޑްގައި ދަތުރުކުރާކަމުގައި ބަލާށެވެ. ނަމަވެސް ދުނިޔޭގެ ރިފަރެންސް ފުރޭމުން ބަލާއިރު ދެލޯގަނޑު ދޭތެރޭ އަލިދަތުރުކުރަން ދިގުރާސްތާއެއް (ލޯންގް ޕާތް) ނަގައެވެ. ވުމާއެކު ޖައްވީއުޅަދުގެ ގަޑިން ސިކުންތެއް ހިގާނީ ދުނިޔޭގެ ގަޑިޔާ އަޅާބަލާއިރު ލަހުންނެވެ.

ޓައިމް ޑައިލޭޝަން ފޯމިއުލާ

ލޯރެންޒް ފެކްޓާރ އަކީ އަލި އާއި ގާތްކުރާ ސްޕީޑެއްގައި އެއްޗެއް ދަތުރު ކުރާނަމަ އޭގެ މާސްއާއި ވަގުތާއި ދިގުމިން ބަދަލުވާ މިންވަރެވެ. މިއީ ޓައިމް ޑައިލޭޝަން އަދި ލެންތް ކޮންޓްރެކްޝަން ފޯމިއުލާގެ މުހިއްމު ބައެކެވެ.މ

މަތީގައިވާ ކުރެހުމުގެ ވައަތް ފަރާތުގައި ދައްކާފައި އެވަނީ ޖައްވީ އުޅަދުގައި ހުރިގަޑިއެވެ. މަތީގައިވާ ލޯގަނޑުން ތިރީގައިވާ ލޯގަނޑަށް އަލީގެ ޕަލްސެއް އަންނަނީ 1 ސިކުންތުން ކަމުގައި ވިސްނާށެވެ.  d3 އަކީ އަލީގެ ޕަލްސް ދުނިޔެއިން ބަލާއިރު ދަތުރު ކުރާ ދުރު މިނެވެ.  d1 އަކީ ޖައްވީ އުޅަދު ދުނިޔެއިން ބަލާއިރު ކުރިއަށްދާ ދުރުމިނެވެ. 3 d2 ގަޑީގެ ދެލޯގަނޑު ދޭތެރޭ އަލި ދަތުރުކުރާ ދުރުމިނެވެ. ފުރަތަމަ ‘t އަކީ ދުނިޔޭއިން ބަލާ ވަޤުތެވެ. މިމީހާ ހުންނަނީ ދަތުރުކުރާ ރެފެރަންސް ފްރޭމްގެ ބޭރުގައެވެ. އަދި t އަކީ  ޖައްވީ އުޅަދުގައި ހުންނަ އެސްޓްރޯނަޓްގެ ވަޤުތެވެ. އެސްޓްރޯނަޓްހުރީ ދަރުތުކުރާ އެތީގެ ރެފަރެންސް ފްރޭމްގެތެރޭގައެވެ.  v އަކީ ޖައްވީ އުޅަދުގެ ސްޕީޑެވެ. އަދި  c އަކީ އަލީގެ ސްޕީޑެވެ. މި ސިމްބަލްތައް ބޭނުން ކޮށްގެން ހަދާފައިވާ 3 އީކްއޭޝަން ތިރީގައި އެވަނީ އެވެ. ފާހަގަކޮށްލަންޖެހެނީ ކޮންމެ މީހެއްގެ ރެފެރެންސް ފްރޭމްގައިވެސް ސިންކްރޮނައިޒްކޮށްފައި ހުންނަ ގަޑިތައް ހިނގާނީ އެއް މިނެއްގައި ކަމުގައެވެ. ތަފާތު އަންނަނީ ދެ ރިފަރެންސް ފްރޭމް އަޅާކިޔާއިރުއެވެ. ފޯމިއުލާ ނެރެން ފަސޭހަޔަކަށް އަޅުގަނޑުމެން ބޭނުންކުރާނީ އެއްލޯގަނޑުން އަނެއް ލޯގަނޑަށް ދާ ދުރުމިނެވެ. ޕަލްސްގެ ދެކޮޅު ދަތުރު ބޭނުން ކުރިއަސް ވަކިހިސާބަކުން އެ 2 ގެއްލިދެއެވެ. 

މި 3 އީކުއޭޝަން ބޭނުންކޮށްގެން ޕައިތަގަރަސް ތިއަރަމް އާއި އަލްޖިބްރާ ބޭނުންކޮށްގެން ފަސޭހައިން ޓައިމް ޑައިލޭޝަން އީކުއޭޝަން ހޯދޭނެގޮތެއް ތިރީގައި މިވަނީ އެވެ. 

މަތީގައިވާ ޓައިމް ޑައިލޭޝަން އީކުއޭޝަން ކުޑަކޮށް ތަފާތުކޮށް ޓެކްސްފޮތްތަކުގައި ލިޔެފައިވެއެވެ. އެކަމަކު އެއީ އެކައްޗެކެވެ. ތިރީގައިވަނީ އެގޮތްތަކެވެ. ތިރީގައިވާ އީކުއޭޝަންތަކުގެ އެންމެ ތިރީ ބަރީގައި އެވާ ބަޔަށް ކިއަނީ ލޯރެންޒް ފެކްޓާރ އެވެ. 

ލޯރެންޒް ފެކްޓާރ ތެދުވާނީ ދަތުރުކުރާ އުޅަދު އަލިއަށްވުރެ ބާރަށް ދަތުރު ނުކުރާ ނަމައެވެ. އަދި އަލީގެ ސްޕީޑަކީ ކޮންމެ ރެފަރެންސް ފްރޭމެއްގައިވެސް އެއް ސްޕީޑެއް ކަމުގައި ވާނަމައެވެ. ދަތުރުކުރާ އެއްޗެއްގެ ސްޕީޑް ބަލާނަމަ ތިރީގައިވާ ގޮތައް ތަރުތީބު ކޮށްލެވިދާނެއެވެ.

ޓައިމް ޑައިލޭޝަންގެ ޢަމަލީ މިސާލުތައް

އަޅުގަނޑުމެންގެ ބައެއް މީހުން “ޓްވިން ޕެރަޑޮކްސް” ކިޔާ އެއްޗެއްގެ ވާހަކަ އަޑު އިވިފައި އޮންނާނެއެވެ. މި ވާހަކަ ބިނާވެފައިވަނީ އައިންސްޓައިންގެ ސްޕެޝަލް ރެލެޓީއަށެވެ. މީގައި އެއް މާބަނޑު 2 ކުދިންގެ ތެރެއިން އެކަކު އަލީގެ ސްޕީޑާއި ގާތްކުރާ ސްޕީޑެއްގައި ދަތުރުކުރެއެވެ. ދަތުރު ނިމިގެން އެނބުރި ދުނިޔެއަށް އަންނައިރު ދުނިޔޭގައި ހުރި މީހާ އެތައްގުނައެއް އޭނާއަށްވުރެ މުސްކުޅިވާނެ ކަމުގައި ބުނެއުޅެއެވެ. ސަބަބަކީ ޖައްވުގައި ދަތުރުކުރި މީހާއަށް ވަޤުތު ހިނގާލެއް ލަސްވުމެވެ. އެއީ ކުރިންވެސް ދެކެވެމުން އައިވާހަކައެކެވެ.

ޖީޕީއެސް ސިސްޓަމްގައި ބޭނުންކުރާ ސެޓްލައިޓް ދަތުރުކުރަނީ ދުނިޔެއަށްވުރެ ބާރަށް ކަމުގައިވާތީ ދުނިޔޭގެ ގަޑިން ދައްކާނީ ކޮންމެދުވަހަކުން 7 މައިކްރޯ ސެކަންޑް ލަސްކޮށެވެ. ނަމަވެސް ދުނިޔޭގެ ދުވަހެއް ސެޓްލައިޓްގައި ދައްކާނީ 52 މައިކްރޯ ސެކަންޑް ގިނަކޮށެވެ. ނަތީޖާއެއްގެ ގޮތުން ސެޓްލައިޓްގެ ގަޑި ދުނިޔޭގެ ގަޑިޔަށްވުރެ 45 މައިކްރޯސެކަންޑް ކޮންމެދުވަހަކުން އަވަސް ވެއެވެ. މައިކްރޯވޭވް ސިގްނަލް ފޮނުވެނީ ގަޑިޔަކު 299792458 މީޓަރުގެ ބާރުމިނުގައި ކަމުގައިވާތީ ފުރަތަމަ ދުވަހު ތިބާ ބޭނުންކުރާ ޑިވައިސް ހުރިތަން ދެވަނަ ދުވަހު ދައްކާނީ 13.5 ކިލޯމީޓަރުގެ ފަރަގާއެކު އެވެ. ދެވަނަ ދުވަހު 27 ކިލޯމީޓަރުގެ ފަރަގާ އެކުއެވެ. ވީމާ މިހެން މިކަންވާނަމަ ޖީޕީއެސް ބޭނުމެއް ނުކުރެވޭނެއެވެ. މި ފަރަގު ދެނެގަުމަކީ ގަޑިތައް ހަމަކުރަން މުހިއްމުކަމެކެވެ. މިއީ ޓައިމް ޑައިލޭޝަންގެ މިއަދުގެ ޢަމަލީބޭނުމެވެ.