ސައިންސާއި ޓެކްނޮލޮޖީ

ގަނޑުފެނުގެ ޒަމާންތަކާއި ދުނިޔެ ހޫނުވުމާއެކު ރާއްޖޭގެ އަތޮޅުތަކާއި ފަރުތައް އުފެދެމުން ބަދަލުވަމުން ދާގޮތް

ދިވެހިރާއްޖޭގެ އަތޮޅުތައް އުފެދިފައިވަނީ އިންޑިޔާ ކަނޑުގައި, އުތުރުން ދެކުނަށް ދަމާލެވިފައިވާ އަލިފާން ފަރުބަދައެއްގެ މަތީގައި އޮތް ކާބޮނިކް ޕްލެޓްފޯމެއްގެ މަތީގައެވެ. ބުރުޖު ޚަލީފާއަށްވުރެ 3 ގުނަ އުސް، މި 2.2 ކިލޯމީޓަރުގެ ކާބޮނިކް ޕްލެޓްފޯމްގެ ބިންގަލަކީ މިހާރު ހަރަކާތްތެރިނުވާ 55 މިލިޔަން އަހަރު ކުރީގެ އަލިފާން ފަރުބަދައެކެވެ. މި ފަރުބަދަ މަތީ އުފެދިފައިވާ އެހެން ޖަޒީރާތަކަކީ ލެކަޑިވްގެ ޖަޒީރާތަކަކާއި ޗާގޯސްގެ ޖަޒީރާތަކެވެ……

އައްޔަކީ ކޮން އެއްޗެއް؟

އައްޔަކީ ކޮންއެއްޗެއްހޭ އަހައިފިނަމަ، އެކި ބޭފުޅުން ދެއްވާނީ އެކި ޖަވާބެވެ. ބައެއް ބޭފުޅުން އަލިފާނުން އަލި އުފެދޭކަމަށް ވިދާޅުވާނަމަ އަނެއްބައި ބޭފުޅުން ވިދާޅުވާނީ އަލި އުފެދެނީ ވަކިވަރަކަށްވުރެ އެއްޗެއް ހޫނު ވީމާ ކަމުގައެވެ. ނުވަތަ ބޮކިކަހަލަ އެއްޗަކަށް ކަރަންޓް ދިނުމުން ކަމުގައެވެ. މި ތިން ޖަވާބުވެސް އާންމު މަޢުލޫމާތަށް ބަލާއިރު މުޅިން ގޯހެއްނޫނެވެ…. 

ދިވެހިރާއްޖޭގެ ޖިޔޮލޮޖީއަށް ކުރުބަލާލުމެއް

އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖެއަކީ މުރަކައިގެ ދޮންވެލިން އުފެދިފައިވާ ރަށްތަކަކުން އެކުލެވިގެންވާ ޤައުމެކެވެ. މީގެ ކޮންމެރަށެއް އުފެދޭއިރު އަޅުގަނޑުމެންނަށް ފެންނަނީ ކަނޑުގައި އޮންނަ ފަރަކަށް ދޮންވެލިޖަމާވެ އުފެދޭ ފިނޮޅެއްގައި ގަސްގާގެހި ފަޅާ ރަށަކަށް ވާތަނެވެ. އެފަރުތައް މާސިންގާ ފުންކަނޑުގައި އުފެދިފައިވަނީ ކިހިނެއްތޯ ހިތްޕުޅަށް އަރައިވަޑައިގަންނަވަނީ ކިތައްބޭފުޅުން ބާވައެވެ؟ އިލްމުވެރިން ވިދާޅުވާގޮތުން، އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތައް އުފެދިފައިއޮތީ، ކަނޑުގެ އަޑީގައިއޮތް، ހަރަކާތްތެރިނުވާ، ޒަމާންވީ އަލިފާން ފަރުބަދައެއްގެ މަތީގައެވެ….


ޒަމާނީ ފިޒްކްސްއާއި ރެލެޓިވިޓީ

އިނގިރޭސި ސައިންސްވެރިއާ އައިސާކް ނިއުޓަންއަކީ ސައިންސުގެ ކާފައިންގެ ތެރެއިން އެކަކޭ ބުނުމަކުން ހަމަގައިމުންވެސް ގޯހެއްނުވާނެއެވެ. އަދި މިޒަމާނުގެ ސައިންޓިފިކް މެތަޑްތައް ތަރައްޤީ ކުރުމުގައި އޭނާގެ ރޯލާއި ބައިވެރިވުމަކީ ވެސް ފާހަގަކޮށްލެވޭ ކަމެކެވެ. އޭނާއަކީ މި މަސްއުނިކާއިނާތުގެ ކަންކަން ހިގާގޮތް ވަރަށް ފަސޭހަ ތިން ޤާނޫނުން (އުސޫލުން) އަހަރެމެންނަށް ބުނެދިންމީހާއެވެ….