އެމަރުގެ ސިއްރު

ބޯކޮށް ވެހެމުންދާ ވާރެއާއި ވަޔާއެކު ދޯނީގެ ހިޔައުގަނޑު މަތީ ހަރުކޮށްފައި އޮތް ސަތަރިގަނޑު ތެޅިތެޅި އޮތްވަރުން އެއްގޮތަކަށް ވެސް ހަސަންފުޅަކަށް ނިދޭގޮތެއް ނުވެއެވެ. އެންމެފަހުން ބޯ ދަށުގައި އޮތް ތުނި ބާލީސް ބޯ މަތީގައި އެޅިއެވެ. މިވަރުން ވެސް ލޮލަކަށް ނިންޖެއް ނާދެއެވެ. ހަސަންފުޅަށް ނުނިދުނަސް ދެން ތިބި ފަޅުވެރިން ތިބީ ހަމަ ގަދަ ނިދީގަ އެވެ. ހަސަންފުޅު ކުރިމަތީ އޮތް އެދުގައި އިންޖީނު އިސްޓާޓުކޮށްގެން މުޙައްމަދު މަނިކު ނިދާފައި އޮތެވެ. ހަސަންފުޅު އެންމެފަހުން ރުޅި އައިސްގެން ބާލީސް މުޙައްމަދު މަނިކާއި ދިމާއަށް އެއްލިއެވެ. އަދި އަނެއް ފަރާތަށް އެބުރުނެވެ. އިތުރަށް ކިއުއްވާ

ރަތް ހެދުމުގައި ހުރި ނަސީރާ (ކުރު ވާހަކަ)

މަޑުން މަޑުން ޖެހިލަޖެހިލާ ހުރި ރޯޅީގެ ސަބަބުން އަހަރެން އިނީ ހީވެސް ކަރުވައިގެންނެވެ. ތޮށިގަނޑުމަތީ އިށީދެގެންއިނީ މޫދާވީފަރާތަށް ފައި ތިރިކޮށްލައިގެންނެވެ. ބަދަރުމަތި ފެންނަނީ އާންމުކޮށް ކޮންމެ ދުވަހަކުވެސް މިގަޑީގައި ފެންނަގޮތަށް ކާރޫބާރޫ ބޮޑުކޮށެވެ. 200 ވަރަކަށް ފޫޓުދުރުން ބޯޓަކަށް ކުރުބަލާ ދޮންކޭލާ ފޮށިގަނަޑުތަކެއެް އަރުވަމުންދެއެވެ. އަދި އެއަށްވުރެ ތަންކޮޅެއް ދުރުގައި އޮތް ބޯޓަކުން މުދާތަކެއް ބާލާ ޕިކަޕަށް އަރުވަމުން ވެސްދެއެވެ. ގިނަދޯނިފަހަރު މިހާރު މަހުންލަފައި، ފަޅުވެރިން މަސްކޮޅުވިއްކާލާ ގެޔަށްވެސް ހިގައްޖެއެވެ. ނަމަވެސް ދުރުދުރުން ނެރާ ދިމާއަށް މަސްދޯންޏެއް އަންނަތަން އެބަފެނެއެވެ. ހީވާގޮތުން މިއީ މިއަދުގެ އެންމެފަހު ދޯންޏެވެ. މަސްވެރިކަން މިދުވަސްކޮޅު ވަރަށް ދަށްދައްކަމުން، ބޮޑެތި ދޯނިފަހަރު މިއަދުވެސް މަހަކަށް ނުފުރައެވެ. އެކަމަކު ވަދައިދާ ލޯންޗުފަހަރަށް މިދުވަސްކޮޅުވަނީ ރަނުގެ ފުރުސަތަކަށެވެ………އިތުރައް ކިއުއްވާ