ޤުރުއާނާއި ސައިންސްގެ މަޒްމޫނުތައް


ދިވެހިން ކުރިން ކިޔަމުންދިޔަ އިވަޖް (ބޮޑުމީހާ) ގެ ވާހަކައިގެ ހަޤީގަތް

އެކި ދުވަސްވަރު އެކި މީސްމީހުން ލިޔާ ލިޔުންތަކުގައި އެބައި މީހުން ނިސްބަތްވާ ބައެއްގެތެރޭ އޮންނަ ސަޤާފަތާއި އާދަކާދައިގެ އަސަރު ހުރެއެވެ. އާދަކާދައަކީ އެއް ޖީލުން އަނެއް ޖީލަށް ގެންދާ އެ ބަޔެއްގެ ޤަބޫލުކުރުންތަކާއި ޢަމަލުކުރަމުންދާ ގޮތްތަކެވެ. ސަޤާފަތް ބެލެވެނީ އެ އިރެއްގައި އެ ބައެއްގެ ތެރޭގައި ކަންކަންކޮށް އުޅޭ ގޮތާއި، ޚިޔާލުތަކެވެ. ސަޤާފަތުގެ ތެރޭގައި ބަޔަކަށް ލިބިފައިވާ މަޢުލޫމާތާއި ހެވާނުބައި ކަމުގައި ޤަބޫލުކުރާ ކަންކަމާއި ފަންނުތަކާއި ދީނާއި ތަބާވާ އުޞޫލުތައް ފަދަ ގިނަގުނަ ކަންކަން ވެއެވެ. މިގޮތުން އެއް ޖީލުން އަނެއް ޖީލަށް ވާޞިލްވަމުންދާ ފުލޯކު ވާހަކަ އަކީ ވެސް މި ފަދަ އެއްޗެކެވެ.

އެންމެ ކައިރި އުޑާއި އެ އުޑު (މިލްކީވޭ ގެލެކްސީ) ރައްކާތެރި ކުރެވިފައިވާ ގޮތް: ޤުރުއާން އާއި ސައިންސްގެ އަލީގައި އައު ވިސްނުމެއް

އިންސާނުން ކުރިން ހީކުރަމުން އައިސްފައިވަނީ އުޑުމަތިން އަޅުގަނޑުމެންގެ ލޮލަށް ފެންނަ ތަރިތައް ހުންނަ މިލްކީވޭ ގެލެކްސީ އަކީ މުޅި ކައުނު (ޔުނިވާރސް) ކަމުގައެވެ. އަޅުގަނޑުމެންގެ މި ވިސްނުން ބަދަލުވެގެން ދިޔައީ ނަވާރަ ސަތޭކައިގެ ކުރީކޮޅުގައި އެމެރިކާއަށް އުފަން އެސްޓްރޮނޮމާ، އެޑްވިން ހަބަލް، ޓެލެކްސްކޯޕެއްގެ އެހީގައި އެންޑްރޮމެޑާ އޭ ކިޔަމުންދިޔަ ނެބިއުލާގެ ތެރެއިން ވަކިޕެޓާނަކަށް އޭގެއަލި ބަދަލުވާ “ސީފީޑް ވޭރިއަބަލް” ތަރިތަކެއް ދެކެވަޑައިގަތް ހިސާބުންނެވެ.

الزهرة ނުވަތަ ވީނަސް (ފަތިހުގެ ތަރި)

އިރާ ހަނދު ފިޔަވާ އުޑުމަތިން ފެންނަ އެންމެ އަލިގަދަ އެއްޗަކީ ޕްލެނެޓް ވީނަސް އެވެ. ވީނަސް އަކީ ސޯލާސިސްޓަމުގެ ޕްލެނެޓްތަކުގެ ތެރެއިން އެންމެ އަލިގަދަކޮށް ފެންނަ ޕްލެނެޓް އެވެ. އެންމެ އިހުޒަމާނުއްސުރެ ސޯލާ ސިސްޓަމުގެ ޕްލެނެޓްތަކުގެ ތެރެއިން މާކަރީ، ވީނަސް، މާސް، ޖުޕިޓާރ އަދި ސެޓާން އިންސާނުންނަށް އެނގެއެވެ. އެބައިމީހުންނަށް މި ޕްލެނެޓްތަކަކީ ތަރިތައްފަދަ ތަކެއްޗެވެ….

ނިއޯ-ޑާވިނިޒަމްވެސް ގޯސް ޙާލަތެއްގައި

އިންސާނާ އަކީ ﷲ ގެ ވަރަށް ޚާއްސަ މަޚްލޫގެކެވެ. އެކަލާނގެ آدم (عليه السلام) ހެއްދެވުމަށްފަހު މަލާއިކަތުން އެކަލޭގެފާނަށްޓަކައި سجدة އަށް ތިރިވުމަށް އަންގަވާނީ، ﷲގެ ހަޟްރަތުގައި إنسان އާ  ކިހާ ޚާއްސަ ވީމާހެއްޔެވެ؟ އިންސާނާއަކީ އެކަލާނގެ އުފެއްދެވުމެއް ކަމުގައިވާއިރު ވެސްމެއެވެ. އިންސާނާޔަށް ކަންކަން އަމިއްލައަށް ނިންމުމުގެ އިޚްތިޔާރު ދެއްވިއެވެ. ވާހަކަދައްކާށާއި ލިޔާނެގޮތް އުގަންނަވާދެއްވިއެވެ.

نوح ގެފާނުގެ ޠޫފާނުގެ ވާހަކައިން ނުފެނިވާ ޖިގްސޯ ޕަޒަލްގެ އެތިކޮޅުތައް: ޢިލްމީ ލަފާކުރުމެއް 

އަޅުގަނޑުމެން މުސްލިމުންނަށް نوح ގެފާނު މުހިއްމުވާ ފަދައިން ޔަހޫދީންނާއި ނަޞާރާއިންނަށް ވެސް نوح ގެފާނަކީ މުހިއްމު رسول އެކެވެ. نوح ގެފާނު 950 އަހަރު ދުނިޔޭގައި ދިރިހުންނެވިއެވެ (ޤުރުއާން 29:14). نوح ގެފާނުގެ ޤައުމަށް ކޯފާއެއްގެ ގޮތުގައި ﷲ ވަރުގަދަ ޠޫފާނެއް ފޮނުއްވިއެވެ. މިޠޫފާނުގެ ފަހުން ނައުކޮޅު ބީހިފައިވަނީ “ޖޫދީ” (الجودي)  އަށް ކަމުގައި ޤުރުއާނުގައިވެއެވެ (ޤުރުއާން 11:44). ޤުރުއާނުގައި ކަނޑައެޅިގެން  “ޖޫދީ ފަރުބަދަ” (جبل جودي) ކަމުގައި ނެތްނަމަވެސް “ޖޫދީ” އަކީ މިހާރުގެ ތުރުކީގައި ހުންނަ “ކޫޑީޑަގީ”  ފަރުބަދަކަމުގައި ދެކޭ މުސްލިމުންއުޅެއެވެ…..

އިރުގެ ޙަޔާތުގެ ވާހަކަ އުފަންވުމާއި ނެތި ދިއުން-ޤުރުއާނާއި ސައިންސްގެ އަލީގައި

އިންސާނުން ހޮހޮޅަތަކުގަ އާއި ޖަންގަލީތަކުގައި ދިރިއުޅެމުން ދިޔަ ދުވަސްވަރުން ފެށިގެން އުޑުމަތިން ފެންނަ އިރާއި ހަނދާއި ތަރިތައްފަދަ ތަކެއްޗާއި މެދު ވިސްނާ ފިކުރުކޮށް އެއީ ކޮން ތަކެއްޗެއްތޯ ސުވާލުކުރަމުން ގޮސްފައިވެއެވެ. އެ ތަކެއްޗަކީ އަޖައިބު ކުރުވަނި ތަކެތީގެ ގޮތުގައި އެބައިމީހުން ދެކެމުން އައިސްފައިވެއެވެ. ދުވަހާއި މަހާއި އަހަރުތައް ގުނުމަށާއި އަދި ވަކިވަކި ދުވަސްތައް ކުރިއަށް ލަފާކުރުމަށް އިރާ ހަނދާއި ތަރިތައް ބޭނުންކުރަމުން ގޮސްފައިވެއެވެ.  ޖާހިލިއްޔަ ޒަމާނުގައި މިފަދަ ތަކެއްޗަކީ މާތްތަކެތީގެ ގޮތުގައި ބަލައި އިންސާނާ ކުރާ އެކިއެކި ކަންކަމާއި ގުދުރަތީ ހާދިސާތަކަކީ މިތަކެތީގެ ބާރުގެ ދަށުގައި ހިނގާ ކަންކަންކަމަށް ދެކި އެއްބަޔަކު މިތަކެއްޗަށް އަޅުކަން ކުރަމުން ގޮސްފައި ވެސް ވެއެވެ…..

ذو القَرْنَين އަކީ މެސިޑޯނިޔާގެ ރަސްގެފާނު އެލެގްޒަންޑާރ 3 ނޫން. އެއީ ފާރިސްކަރައިގެ ރަސްގެފާނު ސައިރަސް 2 އެވެ.

ذو القَرْنَين ގެ ވާހަކައަކީ ކީރިތި ޤުރުއާންގެ سورة الكهف ގައި އައިސްފާ ވާހަކަތަކެކެވެ. މި އާޔަތްތައް ބާވާލައްވާފައި ވަނީ ޤުރައިޝުންގެ ފަރާތުން 2 މީހަކު ޔަހޫދީންގެ ރައްބީންގެ ގާތަށް ފޮނުވައި އެބައިމީހުންނަށް ލިބިފައިވާ ފޮތުގެ ޢިލްމުގެ އަލީގައި އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާއަކީ ﷲ ގެ ރަސޫލެއްކަން އެނގޭނެ ގޮތެއް ބުނެދިނުމަށް އެދުމުންނެވެ. ރައްބީން ބުނެފައިވަނީ އެކަލޭގެ ފާނުންގެ އަރިއަހުން 3 ކަމެއް އެހުމަށެވެ. އޭގެތެރެއިން އެހުމަށް އެދުނު އެއްވާހަކައަކީ، “އިރަށާއި ހުޅަނގަށް ދަތުރުކުރިމީހާ އާއި އަދި އޭނާގެ ވާހަކަޔަކީ ކޮބައިތޯއެވެ؟”. އަދި އެބައިމީހުންބުނި 3 ކަން ވިދާޅުވެ ދެވިއްޖެނަމަ އެކަލޭގެފާނަކީ ތެދުވެރި ރަސޫލެއްކަމާއި އެކަލޭގެފާނަށް ތަބަޢު ވުމަށް ބުންޏެވެ. އަދި އެވާހަކަތައް ބުނެ ނުދެވުުނަމަ އެއީ ވާހަކަ ހަދަހަދައިގެން ދައްކާ މީހެއްކަމަށާއި އެބައިމީހުންނަށް ފެންނަ އެންމެ އެކަށީގެންވާ ގޮތަކަށް އޭނާއާއިމެދު ކަންކުރުމަށް ބުންޏެވެ. سورة الكهف ގެ 83 ވަނަ އާޔަތުން 98 ވަނަ އާޔަތަށް ބާވާލެއްވުމާއެކު ކަށަވަރުން….

ހުވަފެނުގެ މެސެޖުތައް: ސީދާވާ ހުވަފެން

ބައެއް މީސްމީހުނަށް ސީދާވާ ހުވަފެން ފެންނަކަމަށް ބުނެއުޅެއެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މީހުން ހުވަފެން މާނަކުރާގޮތް ތަފާތު ވެސް މެއެވެ. އެއް ބަޔަކަށް ގިނައިން ސީދާވާ ހުވަފެން ފެންނަކަމަށް ވެއެވެ. އެފަދަ މީސްމީހުންނަށް މިދެންނެވި ބާވަތުގެ ހުވަފެނުން ލިބޭ މެސެޖަކީ މައުނަވީ އެއްޗެކެވެ. އަނެއްބަޔަކަށް އެފަދަ ހުވަފެން ފެނުނުކަމުގައި ވިޔަސް އެއިން މާކަބޮޑު މާނައެއް ދޭހަހެއް ނުކުރެވެއެވެ. މިހެން މިކަން އޮތްނަމަވެސް މާޒީގައި އިންސާނުން ހުވަފެނާއި މެދު ވިސްނަމުން އައިސްފައި ވެއެވެ. މެސޮޕޮޓޭމިޔާގެ އަހުލުވެރިންނާއި ކުރީގެ މިސުރުގެ އަހުލުވެރިން ފަދަ އިހުގެ ހަޟާރަތްތަކުގެ މީހުން ހުވަފެނުގެ ރެކޯޑްތައް ބަލަހައްޓައިފައި ވެސް ވެއެވެ. މިބައިމީހުން ދެކެމުން އައިސްފައިވަނީ ހުވަފެނަކީ މާއްދީ ދުނިޔޭގައި ހިނގާކަންކަމާއި ރޫޙާނީ ޢާލަމާއި ގުޅުވައިދޭ އެއްޗެއް ކަމުގައެވެ….


މަތިމައްޗަށްލާ ރާޅާއި މަތިމައްޗަށްވާ ކަނޑުގެ އަދިރިކަން

މިމަޒުމޫނުގައި އަޅުގަނޑު ބަލާލާނީ ސުރުހީގައި އެވާފަދައިން ކަނޑުގެ އަދިރިކަމާއި، ކަނޑާއި ވައިގެތެރޭ އުފެދޭ ރާޅުގެ މައްޗަށެވެ. އާންމު ދިރިއުޅުމުގައި އަޅުގަނޑުމެންނަށް ފެންނަ ރާޅަކީ، މި ޖަޒީރާ ރައްތަކުގެ ފަރުތަކަށް ބިންދާ ކުދިބޮޑު ރާޅެވެ. މީގެ އިތުރުން އުޅަނދުތަކުގައި، ކަނޑުގައި ދަތުރުކުރާއިރު ބޮޑެތިރާޅާއި ކުދިރާޅުތަކުގެ ތެރެއިން އެއުޅަނދުތައް ދަތުރުކުރެއެވެ. ބައެއްރާޅަކީ ލޮލަށް އެއީ ރާޅެއްކަން އެނގޭ ވަރަށްވުރެ ބިޔަ ރާޅެވެ. ސުނާމީގެ ރާޅަކީ ވެސް އެފަދަ ރަގަޅު މިސާލަކެވެ. ރާއްޖެއަށް ސުނާމީ އެރިއިރު ރަށްރަށުގެ ގޮނުދޮށްތަކުގައި ތިބި މީހުން ދެކެފައިވަނީ ފަޅުތައް އާދަޔާ ޚިލާފަށް ހިކިފައި، ދެން ކުއްލިއަކަށް ދިޔަވަރު ބޮޑުވެ ރަށްތަކުގެ އެއްގަމަށް ލޮނުގަނޑު އަރައިގެންދިޔަ މަންޒަރެވެ. އުސް މާބިޔަ ރާޅެއް ރަށާދިމާއަށް އައިތަނެއް އެކަކަށްވެސް ފެނިފައެއް ނުވެއެވެ،……


އިންސާނާ އުފެއްދެވުން: ޤުރުއާނާއި ސައިންސްގެ އަލީގައި

މިޒަމާނުގައި މާބަނޑުވުން އަޅުގަނޑުމެން ބަހަނީ 3 ދުވަސްވަރަށެވެ. އިނގިރޭސިބަހުން ކޮންމެ ދުވަސްވަރަކަށް ކިޔާއުޅެނީ “ޓްރައި ސެމެސްޓާރ” އެވެ. މިގޮތުން ފުރަތަމަ 13 ހަފްތާއަކީ 1 ވަނަ ޓްރައިސެމެސްޓާރ އެވެ. 14 ވަނަ ހަފްތާއިން 27 ވަނަ ހަފްތާއަށް އެއީ 2 ވަނަ ޓްރައިސެމެސްޓާރ އެވެ. އަދި 28 ވަނަ ހަފްތާއާއި ވިހެއުމާ ދެމެދު، އެއީ 3 ވަނަ ޓްރައިސެމެސްޓާރ އެވެ. ނަމަވެސް އަޅުގަނޑުގެ މި މަޒްމޫނުގައި އެންމެ ޚާއްސަ ސަމާލުކަމެއް ދޭނީ، އިންސާާނާ އުފެދޭ މަރުޙަލާތަކުގެ ތެރެއިން އެމްބްރިޔޯނިކް މަރުހަލާގެ މައްޗަށެވެ. މިމަރުހަލާއަކީ ފުރަތަމަ ޓްރައިސެމެސްޓާރގެ ދުވަސްވަރެވެ. އެމްބްރިޔޯނިކް މަރުހަލާއަކީ، މައިމީހާގެ ބިސް ފާޓިލައިޒްވުމަށްފަހު (އޭގެމާނަޔަކީ ސްޕާމާއި ގުޅުމަށްފަހު)، ފުރަތަމަ 56 ދުވަހުގެ މުއްދަތެވެ…..


އިންސާނީ ނަސްލުގެ ނިމިދިޔުން

އެކިއެކި މަޒުމޫނުތަކުންނާއި، ދީނީ ދަރުސުތަކުން އަދި ޓީވީއާއި ރޭޑީޔޯ ޕޮރޮގްރާމުތަކުން ޤިޔާމަތުގެ ވާހަކަ އަޅުގަނޑުމެން އަޑުއަހަމުއެވެ. އަދި ކީރިތި ޤުރުއާނުގެ އެކި ސޫރަތްތަކުގައި އާއި، ޚާއްސަކޮށް ސޫރަތުލް ޤިޔާމުގައި އެވާހަކަތައްވެއެވެ. މުސްލިމުންގެ މި ސެންޓްރަލް ތީމަށް އެތައްގިނަ ޢިލްމުވެރިން ލިޔުއްވާފައިވެއެވެ. ކީރިތި ޤުރުއާނުގައި “ވަޤުތު” ބަޔާންކުރައްވާފައިވަނީ ރެލެޓިވް އެއްޗެއްގެ ގޮތުގައެވެ. މިގޮތުން ބަލާއިރު ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ހާދިސާތަކަކީ އެވަޤުތު ޖެހޭއިރު ދުނިޔޭގައި އުޅޭ މީސްތަކުންނާއި ދިރުންވާއެއްޗެތިތަކަށް ކުރިމަތިވާ ހާދިސާތަކަކާއި، އަދި އިންސާނީ  ނަސްލު ނެތިދިޔުމާއި، އަލުން ދިރުއްވާ މަހުޝަރުކުރެއްވުމާއި، ހިސާބުބެއްލެވުމާއި އަދި އެބަޔަކު ދުނިޔޭގައި ކުރި ޢަމަލުތަކަށް އަޒާބާއި ސަވާބު ދެއްވާ ދުވަހެއްގެ ގޮތުގައެވެ. އަދި އޭގެ އިތުރުން ދުނިޔެ ފަނާވުމާއި ޔުނިވާރސްގެ ނެތިދިޔުމާއި ގުޅުންހުރި ހާދިސާތަކެއްވެސް ޤުރުއާނުގައިވެއެވެ. މިހުރިހާ ހާދިސާތައް ވަނީ ވަކިކްރޮނޮކޮޖިކަލް ތަރުތީބަކުން ނޫންކަމުގައިވިޔަސް އެއާއި މެދު ވިސްނާބަޔަކަށް މައިގަނޑުކަންކަން ތަރުތީބުކޮށްލެވޭނެއެވެ….


ވަޤުތު

ވަޤުތަކީ ކޮބައި ހެއްޔެވެ؟ އިންސާނުން ދުނިޔޭގައި އުޅެން ފެއްޓީއްސުރެ, ރެޔާއި ދުވާލަށް އަންނަބަދަލު ތަކަކީ, އެބައިމީހުން ވަޤުތު ދަނެގަންނަށް ބޭނުންކުރާ ހާދިސާ ތަކެކެވެ. މިގޮތުން އެބައިމީހުންގެ ދިރިއުޅުމުގެ ޙަރަކާތްތައް، ރޭގަނޑާއި ދުވާލަށް ބަހައިލައިގެން ކުރިޔަށް ގެންދިޔައެވެ. އެންމެކުރީގެ އިންސާނުންވެސް ހޮހޮޅަތަކުގައި އުޅުނު ދުވަސްވަރު, ދުވާލުގެ ވަޤުތުތައް ޝިކާރަކުރުމުގައި އާއި ކާބޯތަކެތި އެއްކުރުމުގައި ހޭދަކުރިއެވެ. އަދި އިރުއޮއްސި އަދިރިވުމުން، ހޮހޮޅަތަކަށް ވަދެ ނުރައްކާތެރި ޖަނަވާރުތަކުގެ ކިބައިން ސަލާމަތް ވެވޭނެގޮތްތައް ހޯދުމަށްފަހު، ނިދާ އަރާމުކޮށް އުޅުނެވެ. އެދުވަސްވަރުގެ އިންސާނުން، ދުވާލުގެ ވަޤުތުތައް އެކިދަންފަޅިތަކަށް ބަހާލުމުގައި، އުޑުމަތީން އިރު ފެންނަން ހުންނަ ހިސާބާއި، އުޑުމަށްޗަށް އަންނަ ކުލަތަކަށް ބަލާއުޅުނެވެ. އެގޮތުން ފަތިހާއި ހެދުނާއި މެންދުރާއި އަސުރު އަދި އިރުފުހޭ ވަޤުތާއި އަދިރިވާވަޤުތުތައް ފާހަގަކޮށް އެބައިމީހުން އެކިއެކި ކަންކަންކުރުމަށް ވަޤުތުތައް ކަނޑައެޅިއެވެ،…


އުޑު އުފެދުނީ ކިހިނެއް؟

ކުރިން މީހުން ޤަބޫލުކުރަމުން އައީ އުޑަކީ ފަތިބިމެއްގެ ވަށައިގެންވާ ތޮށިގަނޑެއްފަދަ އެއްޗެއް ކަމުގައެވެ. ބޯތަށްޓެއް ބަންޑުން ޖެހުމުން އޮންނަގޮތަށް އުފެދިފައިވާ އެއްޗެއް ކަމުގައެވެ. ދުނިޔެއަކީ ވަށްއެއްޗެއްކަން ޔަޤީންވުމާއިއެކު ދެން ހީކުރަމުންއައީ އުޑަކީ ދުނިޔެއާއި ޕްލެންޓްތަކާއި ތަރިތަކުގެ ވަށައިލެވިފައިވާ ތޮށިގަނޑެއްފަދަ އެއްޗެއްކަމުގައެވެ. އަދި 7 އުޑަކީ ހަތްބުރި އިމާރާތެއްގެ ފޮލޯތައް ހުންނަގޮތަށް، މަތިމައްޗަށް ލެވިފައިވާ ތޮށިގަނޑުތަކެއް ކަމުގައެވެ. ކުރީގައި މިހެން ދެކެމުން އައިކަމުގައިވިޔަސް ސައެންސްގެ ހޯދުންތަކުަގެ އަލީގައި އަޅުގަނޑުމެން ދެކޭގޮތް މިހާރުވަނީ ބަދަލުވެފައެވެ. ކީރިތި ޤުރުއާނަކީ ހުރިހާ ޒަމާނަކަށް ފެތޭގޮތަށް ﷲ ބާވައިލައްވާފައިވާ ފޮތެކެވެ، އިންސާނުންގެ ޢިލްމު ކުރިއަރަމުން ދާވަރަކަށް ވިސްނާ މީހުންނަށް އެއާޔަތްތައް ފަހުމު ކުރެވޭގޮތަށް، ޤުރުއާނުގައި އެކިއެކި ވާހަކަތައް ބަޔާންކުރައްވާފައި ވެއެވެ…..


ބިލްޤީސް ގެ ތަހުތުކޮޅު

سليمان ގެ ފާނުންގެ ވާހަކަޔަކީ ކީރިތި ޤުރުއާންގެ އިތުރުން އިންޖީލުގައި ވެސް އޮންނަވާ ވާހަކަތަކަކަށް ވުމާއެކު ހުރިހާ ބޮޑެތި ދީންތަކުގެ އަހުލުވެރިންނަށް ބިލްޤީސް (ކުއީން އޮފް ޝީބާ) ގެ ވާހަކަ އަކީ މުހިންމު ވާހަކައެކެވެ. ވުމާއެކު ބިލްޤީސްގެ އަސްލު ރަސްކަންއޮތީ ކޮން ސަރަހައްދެއްގައިތޯ ދަނެގަންނަން ހުރިހާ ދީންތަކެއްގެ އާކިޔޮލޮޖިސްޓުން މަސައްކަތް ކުރަމުންދެއެވެ. ސަބާގެ ވެރިކަންއޮތީ ޔަމަނުގައިކަން މިހާރު ގިނަ ޢިލްމުވެރިން ޤަބޫލުކުރެއެވެ. މިގޮތުން އެރިޓްރިޔާ، އިތެޔޮޕިޔާ، ސޫދާންއާއި ޔަމަން ހިމެނޭ ސަރަހައްދަކީ، އެވެރިކަމުގެ ދަށުގައި އޮތްތަންތަން ކަމުގައި ވެދާނެކަމަށް ބައެއް އާކިޔޮލޮޖިސްޓުން ދެކެއެވެ. އެހެން ކަމުގައިވާނަމަ ޤްރުއާންގައި އެވާ ސަބާ އަކީ މިދެންނެވި ހުރިހާ ޤައުމުތަކަށް ނިސްބަތްވާ ސަރަޙައްދަކަށް ވުންވެސް ގާތެވެ…..