ތާރީޚާއި ސަޤާފަތް

ޗާގޯސްގެ ރައްޔިތުން އެތަނުން ބޭރުކުރުމާއި ބްރިޓިޝް އިންޑިޔަން އޯޝަން ޓެރެޓަރީ ގާއިމްކުރުން : އިނގިރޭސިންނާއި މޮރިޝަސްގެ ކޯޅުމާއި ރާއްޖޭގެ މަސްލަހަތު

ޗާގޯސް އަކީ އިންޑިޔާ ކަނޑުގައި އޮންނަ އަތޮޅުތަކެއް އެކުލެވިގެން ޖަޒީރާތަކެކެވެ. ދިވެހިރާއްޖޭގެ ދެކުނުން 500 ކިލޯމީޓަރު އަދި އެފްރިކާގެ އިރުމަތިން 1600 ކިލޯމީޓަރު ދުރުގައި އޮންނަ މިރަށްތަކީ އިނގިރޭސިންގެ ބާރުގެ ދަށުގައި އޮންނަތަނެކެވެ. ޗާގޯސް އަތޮޅުތަކުގައި ހިމެނެނީ 50 ވަރަކަށް މުރަކައިގެ ޖަޒީރާތަކެވެ. ޗާގޯސް އާކިޕިލަގޯގައި އޮންނަ އެންމެ ބޮޑު ރަށެވެ. ޑިއަގޯ ގާސިޔާ އަކީ ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް މާލެ އާއި 1700 ކިލޯމީޓަރު ދުރު، އަދި މޮރިޝަސްގެ ވެރިރަށް, ޕޯޓްލުއިސްއާއި 1800 ކިލޯމީޓަރު ދުރުގައި އޮންނަ ތަނެކެވެ.

ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވުން :މޫސުމީ ވަޔާއި އޮޔާއި އެކު ބެހިންގެންނާއި އެހެނިހެންގޮތްގޮތުން ރާއްޖެއަށް އައި ކުރީގެ މީހުން 

ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނަކީ ކަނޑައެޅިގެން ކޮންބައެއްކަން ބުނެވޭނެ ކުރީގެ އާކިޔޮލޮޖިކަލް ހެކިތަކެއް ފެނިފައި ނުވެއެވެ. އަދި އެއީ ކޮންރަށެއްގައި ވަޒަންވެރިވި ބައެކޭވެސް ކަނޑަ އެޅިގެން ނުދެންނެވޭނެއެވެ. ރާއްޖޭގައި މިވާ ޤުދުރަތީ ޖަޒީރާތައް އުފެދިފައިވަނީ މީގެ 5500 އަހަރާއި 4500 އަހަރުގައި ކަމަށް ސައިންޓިފިކް ދިރާސާތަކުން ފެނިފައިވުމާއެކު، ރާއްޖޭގެ ޖަޒީރާ ރަށްތަކުގައި ބަޔަކަށް ދިރިއުޅެން ފެށޭނީ އެއަށްވުރެ ފަހުގެ ތާރީޚެއްގައިކަމުގައި ކަށަވަރެވެ (ކެންޗް، ސްމިތާސް، މެކްލީސް އަދި ނޮކޯލް، 2009) .

ޕޯޗްގީޒުން ރާއްޖޭގެ ވިޔަފާރި ކޮންޓްރޯލް ކުރިގޮތް: ޙަސަން ރަސްގެފާނު (9) (ޑޮންމެނުއަލް) އާއި ޕޯޗްގީޒް ވައިސްރޯއީ އަފޮންސޭ ޑީ އަލްބުޤައިރުކީ ފޯޗުގީޒް ރަސްކަލުންނަށް ފޮނުވި ސިޓީތައް

މި މަޒްމޫނުގައި އަޅުގަނޑު އަލިއަޅުވާފައިވަނީ ދިވެހިން ރާއްޖެއިން ބޭރަށް އެންމެ ކުރީ ޒަމާނުގައި ކުރަމުން އައި ދަތުރުތަކާއި އަދި ޕޯޗުގީޒުން ދިވެހިރާއްޖޭގެ އިޤްތިސާދު ކޮންޓްރޯލްކޮށް، ރާއްޖޭގެ މުސްލިމު ރައްޔިތުންގެ ދީން ބަދަލުކުރަން ކުރި މަސައްކަތުގެ މައްޗަށެވެ. މި މަޒްމޫނުގައި އަޅުގަނޑު ބޮޑަށް މަސައްކަތް ކޮށްފައިވަނީ، ޕޯޗުގީޒުން ދިވެހިރާއްޖެއަށް އަތްގަދަކުރުމުގެ މައިގަނޑު ސަބަބު، ބައިނަލް އަޤްވާމީ އަދި ރާއްޖޭގެ ސިޔާސީ ނަޒަރަކުން ދަނެގަތުމެވެ. މީލާދީން 5 ވަނަ ޤަރުނާއި 6 ވަނަ ޤަރުނު ވެފައިވަނީ ރާއްޖޭގެ ޝާހީ އާއިލާތަކުގެ މެދުގައި ވެރިކަމާއި ގުޅިގެން ކޯޅުން ގިނަ ދުވަސްވަރެއްގެ ގޮތުގައެވެ. 

ރާއްޖެ އިސްލާމް ވުމުގެ ކުރީގެ ތާރީޚީ ރެކޯޑްތަކުގެ މައްޗަށް ބަލާލުމެއް (9-1186 އޭޑީ): ރޯމަން އެމްޕަރާ ޖޫލިއަން އަށާއި ޗައިނީސް ޓޭންގް ޑައިނީސްޓީގެ އެމްޕެރާ ގޯޒޮން އަށް ދިވެހި ސަރުކާރުން އެރުވި ވެދުން

މި މަޒްމޫނަކީ، ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީގެ އެކިއެކި ކަންކަމާއި ގުޅޭގޮތުން އަޅުގަނޑު ލިޔާ ދިރާސާތަކަށް ބިނާވާ މަޒްމޫނުތަކުގެ ސިލްސިލާގެ ދެވަނަ މަޒްމޫނެވެ. ފުރަތަމަ މަޒްމޫނު ބިނާކޮށްފައިވަނީ ބުޑިސްޓް ދިވެހިރާއްޖެ އިސްލާމްވުމުގެ ހާދިސާގެ މައްޗަށެވެ. މި މަޒްމޫނު ގައި އަޅުގަނޑު ހިމާލާފައިވަނީ ރާއްޖެ އިސްލާމް ވުމާހަމަޔަށް ރާއްޖެއާއި ބެހޭގޮތުން އެކިއެކި ބޭފުޅުން ލިޔުއްވާ ރެކޯޑް ކުރައްވާފައިވާ މައުލޫމާތާއި އަދި އެލިޔުންތައް ލިޔުއްވި ބޭފުޅުންގެ ކުރުތަޢާރަފެކެވެ. އަދި ޚާއްސަކޮށް މާޒީގައި ދުނިޔޭގައި އުފެދުނު ބާރުގަދަ ދެ ވެރިކަމުގެ އެމްޕަޔަރުންނަށް ދިވެހި ސަރުކާރުން ފޮނުވި ވަފްދުތަކުން ހަދިޔާ އެރުވި ވާހަކަވާނީ ގިނަބޭފުޅުން ޝައުޤުވެރިވާނޭ ވާހަކަ އަކަށެވެ. 

އެލްގްޒެންޑަރ ދަ ގްރޭޓް

އެލެގްޒެންޑާ ދަގްރޭޓަކީ ކުރީގެ މެސިޑޯންގެ(Macedon) ރަސްކަލެކެވެ. ވެރިކަންކޮށްފައިވަނީ މީލާދީ ތާރީޙުގެ ކުރިން 330 އަަހަރާއި 323 އާއި ދެމެދުއެވެ. އުމުރުން 20 އަހަރުގައި ބައްފަގެ ފްލިޕް 2 ގެ ރަސްކަން ލިބުނެވެ. އެލެގްޒެންޑާއަށް އުގަންނަވައި ދެއްވީ މަޝްހޫރު މެސިޑޯނިއަން ފިލޯސޮފާރ އަދި ޕްލެޓޯ (Plato’s)ގެ ދަރިވަރު އެރިސްޓޯޓަލް (Aristotle) އެވެ.

އިބުނު ބަޠޫޠާ ކިޔައިދެއްވި ރަންނަމާރީގެ ހާދިސާ އާއި އޭގެ އަސްލު ޙަޤީގަތް ކަމުގައި ބެލެވޭ ތިއަރީ

އިބުނުބަޠޫޠާ ރާއްޖެ ވަޑައިގަތީ ރާއްޖެ އިސްލާމް ވީފަހުން ދޮޅު ގަރުނު ފަހުންނެވެ. އަދި އޭގެ ފަހުން ގިނަ ދުވަހެއް ނެތި މި ވާހަކައަކީ ރެކޯޑް ކުރެވިފައިވާ ވާހަކައަކަށް ވުމާއެކު ކޮންމެ ވެސް ވަރެއްގެ ހަޤީގަތެއް ހިމެނިގެންވާ ވާހަކައެއް ކަން އަޅުގަނޑު ޤަބޫލުކުރަމެވެ. އެދުވަސްވަރު މާލެތެރެއިން ދެދޭތެރެއިން ޖިންނިއެއް ފެނި އޭގެ ގޯނާގެ ސަބަބުން ބައެއް މީހުން ބިރުގަނެ ބަލިވެ ކަންތައްތަކެއް ކުރިމަތިވަމުން ދިޔަނަމަ އެ އެއްޗެއްގެ ކިބައިން މީސްތަކުން ސަލާމަތްކުރަން ވެރިކަމުގެ ފަރާތުން މަސައްކަތްތަކެއް ކޮށްފާނެ އެވެ…..