ކުޑަކުދީންގެ ފޮތްތައް


1. ނާއިޝްއާއި ނާޝިޔާގެ އިންޑިޔާ ބުޅާ

ނާއިޝްއާއި ނާޝިޔާ، މަންމައާއި ބައްޕައާއެކު ހިނގާލަން ދަނީއެވެ. ވަރަށް ގިނަ ދުވަސްދުވަހު އަސުރު ނަމާދަށް ފަހު ސައި ބޮއިގެން ނާޝިޔާއާއި ނާއިޝްގެ އާއިލާ ހިނގާލަން ދެއެވެ. ނާއިޝް ބައިސިކަލް ދުއްވަނީއެވެ. ނާޝިޔާ އަބަދުވެސް ބޭނުންވަނީ ހިނގާފައި އުޅޭށެވެ…..

2. މާތް ﷲ ގެ ކުޅަދުންވަންތަކަމާއި ދީލަތިވަންތަކަން (ދީނާއި ސައިންސް)

މި ފޮތަކީ 21 ވަނަ ޤަރުނުގެ ދިވެހި ކުދިންނާއި ގުޅޭގޮތައް ލިއެފައިވާ ފޮތެކެވެ. މި ފޮތުގެ މަޤްސަދަކީ ސައިންސުން ކުދިން ހޯދާ މައުލޫމާތާއި ދީނާއި ގުޅުވާލަދީ ކުދިންގެ އަޤީދާ ވަރުގަދަކުރުމެވެ.

3. ދިވެހި ކިޔުން 1 އަދި 2 (ތާނަ އަކުރުތަކާއި ފިލިތައް ދަސްކުރާ ފޮތް)

ދިވެހި ކިއުން 1 އަކީ ދިވެހި ކިޔަން ދަސްކުރާ ދަރިވަރުންނަށް އަކުރުތައް ދަސްކޮށްދޭން ބޭނުންކުރެވޭނެ ފޮތެކެވެ. އަދި ދިވެހި ކިއުން 2 އަކީ ފިލިތައްޖެހުމުން އަކުރުތަކުގެ އަޑު ބަދަލުވާގޮތް ދަސްކޮށްދެވޭނެ ފޮތެކެވެ. މި ފޮތްތައް ބޭނުންކުރައްވާއިރު ލަފްޒުތަކުގައި ހުންނަ ދަސްކުރާ އަކުރާއި ފިލި ދަރިވަރު ލައްވައި ފާހަގަ ކުރެވިދާނެއެވެ. 

 

4. ދެދޫންޏާއި ރާމާމަކުނު (ވާހަކަ)

އެއް ދުވަސްވަރަކު ކޯރެއްގެ ކައިރީ ބޮޑު އަނބުގަހެއް ހުއްޓެވެ. މިގަހުގައި ދެ ދޫނި ހާލި ހަދައިގެން އުޅުނެވެ. އެގަހުގައި ރާމާމަކުނެއް ވެސް އުޅުނެވެ. މައިދޫނި ކޮންމެ ދުވަހަކު ހެދުނާއި ހަވީރު ކާނާ ހޯދަން އުދުހިދެއެވެ. މައިދޫނި ނޫޅޭއިރު،  ހާލި ބަލަހައްޓައިދެނީ ރާމާމަކުނެވެ. މި ކުޑަ ދޫނިދެކެ ރާމާމަކުނު ވަރަށް ލޯބިވެއެވެ. ކުޑަ ދޫނިވެސް ރާމާމަކުނުދެކެ އެހާ ލޯބިވެއެވެ….

 

 


5. ބައްޕަ ޖަޕާނުން ގެނައި ރޮބޮޓާއެކު އައިޝަތު ހޭދަކުރި ހަފްތާ (ވާހަކަ)

އައިޝަތު ސްކޫލުން ގެއަށް އައިއިރު ބާރަ ޖަހައިފިއެވެ. އޭރު އައިޝަތުގެ ބައްޕަ ގޭގައި އެބައުޅެއެވެ. އައިޝަތު ވަރަށް ހައިރާންވިއެވެ. ބައްޕަ، ވަހީދު އޮފީހުން އަންނަނީ އައިޝަތު ގެއަށް އަންނަ ފަހުންނެވެ. އަލަމާރިން ގަމީސްތަކަކާ ފަޓުލޫނުތަކެއް ނެގިއެވެ. އަދި ވަހީދުގެ ދަތުރުފޮއްޓަށް އެތަކެތި އެޅިއެވެ. “އަހަނ! ދަރިފުޅާ. މިއަދު ސްކޫލު ކިހިނެއް؟” އައިޝަތުގެ ބޮލުގައި ފިރުމާލާފައި  ވަހީދު ބުންޏެވެ. “މިއަދު ސައިންސް ގަޑީގައި އަޅުގަނޑުމެން ކިޔެވީ ފެނުގެ ބުރު.”…