6. ދެކުނުގެ ކެމްޕެއިން: ބެބިލޯނިޔާ ހިއްޕެވުން
 
ސައިރަސް ދަ ގްރޭޓް ދެކުނަށް ކުރެއްވި ދަތުރުފުޅަކީ އަކީމިނީޑް އެމްޕަޔާއަރ އަށް އާރޯކަމެއް ގެނުވި ދަތުރުފުޅެކެވެ. 539 ބީ.ސީ. ގައި ފާރިސީންނާއި ނިއޯ-ބެބިލޯނިއަން އެމްޕަޔާރ އާއި ދެމެދު ހިނގި އޯޕިސްގެ ހަނގުރާމަވެގެންދިޔައީ  ނިއޯ-ބެބިލޯނިއަން އެމްޕަޔާރގެ ރަސްގެފާނު، ނެބޯނިޑަސްގެ ލަޝްކަރު ބަލިވެ ޕާޝިއަން އެމްޕަޔާރ ގެ ރަސްގެފާނު ސައިރަސް ދަ ގްރޭޓްގެ ލަޝްކަރަށް ފަތަހަ ލިބުނު ހަނގުރާމަޔަކަށެވެ. އަދި އެދުވަސް ވެގެންދިޔައީ ބެބިލޯނިއަނުންގެ ބާރު ހުޅަނގު އޭޝިޔާއިންގޮސް ފާރިސީންގެ ބާރު މެސަޕޮޓޭމިޔާއަށް ވެރިވި ދުވަސްކަމުގައެވެ. އޭގެ ދުަސްކޮޅެއްފަހުން ސައިރަސްގެ ލަޝްކަރު ސިޕާ ވަށައިލާ ހަނގުރާމަޔަކާއި ނުލާ ސައިރަސްގެ ބާރުދަށަށް ގެންނެވިއެވެ. ނަތީޖާއަކަށްވީ ސައިރަސް ދަ ގްރޭޓް ބެބިލޯންގެ ރަސްގެފާނުކަމަށްވެސް ވުމެވެ. މިހާ ހިސާބުން ސައިރަސްވެެގެން ދިޔައި، މީޑިޔާ، ލީޑިޔާ އަދި ބެބިލޯނިޔާގެ ރަސްގެފާނު ކަމުގައެވެ.