ޖެނެޓިކް މިއުޓޭޝަން އާއި ޕްރޮބެބިލިޓީ

މޮޑަން ސިންތަސިސް (ނިއޯ-ޑާވެނިޒަމް) ބުނާގޮތުން މިއުޓޭޝަނަކީ ރެންޑަމް އެއްޗެކެވެ. ރެންޑަމްނަމަ، ކަމެއްވުމުގެ ފުރުސަތު އޮންނަމިންވަރު ޕްރޮބެބިލިޓީ ބޭނުންކޮށްގެން ކުރިއަށް ލަފާކުރެވިދާނެއެވެ. އިންސާނުންގެ ޖީނޯމް (ސެލްގައިގައި ހުންނަ ޖެނެޓިކް މަޢުލޫމާތު) 2003 ގައި ޑީކޯޑް ކުރަން ފެށުމާޢި އެކު ޖީން ދެނެގަތުމަށްޓަކައި، ޖެނެޓިކް ދިރާސާތައް ހެދުމަށް ސައިންސްވެރިން އިތުރުސަމާލުކަން ދިނެވެ. މީގެ އެންމެބޮޑުބޭނުމަކީ މިހާގެ މުސްތަޤުބަލް ލަފާކޮށް ބަލިތަކުން ދުރުވުމަށް އެހީތެރިވުމެވެ. ޔުނިވާރސިޓީ އޮފް ކެލިފޯނިޔާ ޑޮންސައިފް ސްޓަޑީއިން ފެނިފައިވަނީ މިހާހިސާބަށް ބޮޑަށް އެނގޭ ބަލިތަކާއި ނުކުޅެދުންތެރިކަމާއި ގުޅޭގޮތުންވެސް މިފަދަ ލަފާކުރުމެއް ލަފާކުރުމަކީ ވަރަށް އުދަގޫ ކަމެއްކަމުގައެވެ. ކޮންމެ މީހެއްގެ ވެށްޓާއި ޖެނެޓިކް ތަފާތުގެ ވުމުގެ ސަބަބުން މި މިއުޓޭޝަންތައް ދައްކައިދީފައިވަނީ ތަފާތު އަސަރުތަކެއް ކަމުގައި ވާތީ މިއުޓޭޝަން ޢަމަލުކުރާނެގޮތް ލަފާކުރުން އުދަގޫކަމުގައި އިއާން އެރެންރައިކް ވިދާޅުވެފައިވެއެވެ. އަދި ލަފާނުކުރެވޭގޮތަށް (ރެމްޑަމްކޮށް) ޢަމަލުކުރާ މިއުޓޭޝަންތައް މަދުވުމުގެ ސަބަބުން އެމިއުޓޭޝަން ހޯދައިގަތުން އުދަގޫކަމުގައިވެސް ވިދާޅުވެފައިވެއެވެ. (ޔުނިވާރސިޓީ އޮފް ސައުތް ކެލިފޯނިޔާ، 2018).

އިވޮލިއުޝިނަރީ ބަޔަލޮޖީގެ ތަފާތު ޓެކްސްފޮތްތަކުގައި މިއުޓޭޝަންއަކީ ރެންޑަމް ކަމެއްގެ ގޮތުގައި ވަކާލާތު ކޮށްފައިވިޔަސް ޑެނިސް ނޮބޭލް (2013) ވިދާޅުވާގޮތުން ފަހުގެ ދިރާސާތަކުން މިއުޓޭޝަން އަކީ މުޅިން ސައްޙަ ރެންޑަމްކަމެއް ނޫންކަން ދައްކައިދީފައިވެއެވެ. މިއުޓޭޝަނަކީ ރެންޑަމް ކަމެއްގެ ގޮތުގައި ފުރަތަމަ ދައްކަވައިދިނީ 1943 ވަނަ އަހަރު ލޫރިއްޔާ އާއި ޑެލްބްރޫކް އެވެ. 1969 ގައި އެބޭފުޅުންގެ މިމަސައްކަތުގެ ބަޔަކަށް ފިޒިއޮލޮޖީ ނުވަތަ މެޑިސިން އިން ނޯބަލް އިނާމުވެސް ލިބިވަޑައިގެންނެވިއެވެ. ނޮބޭލް ވިދާޅުވާގޮތުން ޖީނޯމް ލެވެލްގައި ރެންޑަމް ވޭރިއޭޝަން އާޢި ނެޗުރަލް ސިލެކްޝަން ފެންނަކަމަށް ބެލެވުނަސް އެއަށްވުރެ މަތީ ލެވެލްގައި މިއުޓޭޝަން ވާތަންފެންނަނީ ބޭނުމާއި ގުޅޭގޮތުން ކަމުގައެވެ. އަދި ވެށްޓަށް އަންނަ ބަދަލާއި ގުޅޭގޮތުން ޢަމަލުކުރުމުގެ ޤާބިލްކަން ދިރޭއެއްޗެތިތަކަށް ލިބިގެންވެއެވެ. ވުމާއެކު އިވޮލިއުޝަންއަކީ ކޮންމެވެސް ވަރެއްގެ އިރުޝާދުގެ ދަށުން ހިނގާކަމެކެވެ. އޮކްސޯފޯޑް ޔުނިވާރސީގެ އެމޭރިޝަސް ޕްރޮފެސާރ އޮފް ކާޑިއޯ ވެސްކިއުލާ ފިޒިއޮލޮޖީ، ޑެނިސް ނޮބޭލް ނިއޯ-ޑާވިނިޒަމްއަށް ފާޑުވިދާޅުވެ އެ މޮޑެލް ރަގަޅު ނޫންކަމުގައި ފާހަގަކުރެއްވިއެވެ.