4.0 نوح ގެފާނުގެ ޠޫފާނުގެ ކުރިން އެކަލޭގެފާނު އުޅުއްވި ތަނެއް ލަފާކުރެވިދާނެބާ؟

ބައެއް ތަރީޚީ އިލްމުވެރިން ޤަބޫލުފުޅުކުރައްވަނީ نوح ގެފާނު ދިރިއުޅުއްވާފައިވާނީ އުތުރުމެސޮޕޮޓެނިޔާގެ، ފުރާތާއި ޖިދުލަތު ކޯރުގެ ހެޑްވޯޓާއާއި ގާތުގައި ކަމުއެވެ. ސަބަބަކީ ތުފާނުގައި ވާރޭވެހުމުގެ ސަބަބުން މެސަޕޮޓެނިޔާގެ ފަތިބިން ފެންބޮޑުވެ، ނައުކޮޅު އެސަރަހައްދުގެ ކޮންމެވެސް ތަނަކަށް ބީހުމުގެ ފުރުސަތު އޮންނާނެތީއެވެ. نوح ގެފާނު އުޅުއްވީ ބްލެކްސީ ފެންބޮޑުވުމުގެ ކުރިން، ލޭކެއްގެ ގޮތުގައި އޮތްއިރު އެތަނުގެ އައްސޭރީގައި ކަމުގައިވެސް އެއްބަޔަކު ކިއެވެ. މިހުރިހާ މައުލޫމާތުތަކަށް ބިނާކޮށް ދެންނެވޭނީ نوح ގެފާނު އުޅުއްވިކަމުގެ ފުރުސަތުބޮޑު، ބޮޑު ސަރަހައްދެއް ވާކަމުގައެެވެ. 

ލެވެންޓް -ސޯސް: quora.com

އަޅުގަނޑުގެ މިމަޒްމޫނުގައި نوح ގެފާނު އުޅުއްވިތަނެއް ކަމަށް ލަފާކުރާތަން ޚިޔާރުކުރުމުގައި ތިރީގައިވާ ކްރައީޓީރިއާތައް ބަލާނަމަވެ.

1-ބިމުން ފެންއެރުމުގެ ފުރުސަތު ބޮޑު ސަރަހައްދެއް ކަމުގައިވުން

2- މޫސުމްގޯސްވެ ވާރޭވެހުމުގެ ފުރުސަތުބޮޑު ސަރަހައްދެއް ކަމުގައިވުން

3- އުފެދޭ ބޮޑެތިރާޅުތަކުގެ ތެރޭ ނައުކޮޅު ދަތުރުކުރުމުގެ ފުރުސަތު އޮތްތަނެއް ކަމުގައިވުން

4-ތާރީޚީ އަދި އާކިޔޮލޮޖިކަލް ހޯދުންތަކުން ބަޔަކު ދިރިއުޅުނުކަމުގެ ހެކިތަކެއް ހުރި ސަރަހައްދެއް ކަމުގައިވުން.

މިހުރިހާ ކްރައިޓީރިއާއެއް ފެތޭތަނަކަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ ތުރުކީގެ މެޑިޓެރެނިއަން އަދި ބަލެކްސީ ސަރަހައްދެވެ. އޭގެ ސަބަބު ތިރީގައި ލިޔެފައިވާ ބައިތަކުން އެނގިވަޑައިގަންނަވާނެ އެވެ.

ތުރުކީގެ ސަރަޙައްދުތައް: ސޯސް- wikimedia commons