8.0 نوح ގެފާނުގެ ނައުކޮޅަށް އެރުވި ޖަނަވާރުން

ޖެނެސިސް ޗެޕްޓަރ 6 ގެ 19 ވަނަ އާޔަތުގައިވަނީ ފްލެޝް (މަސް) ހުރި ހުރިހާ ޖަނަވާރުންގެ ޖޯޑެއް ނަވަށް އެރުވުމަށެވެ (ޖެނެސިސް 6:19). ޗެޕްޓަރު 7 ގެ 2 ވަނަ އާޔަތާއި 3 ވަނަ އާޔަތުގައިވަނީ، ޖަނަވާރުންގެ ސާފުތާހިރު 7 ޖޯޑާއި ސާފުނޫން 2 ޖޯޑާއި 7 ޖޯޑު ވައިގެތެރޭ އުދުހޭ ދޫނި، ދުނިޔޭގައި ދިރި ބޭތިއްބުމަށްޓަކައި ގެންދެވުމަށެވެ (ޖެނެސިސް 7:2,3). މިތަފާތު މިދެއާޔަތުގައި އައީ ކީއްވެ ހެއްޔެވެ؟ އަދި ފާހަގަކޮށްލަންޖެހޭ ކަމަކީ ތަފާތު ޖަނަވާރުތައް ދުނިޔޭގެ އެކި ބައްރުތަކުގައި ދިރިއުޅޭއިރު ކަނޑުތައް ހުރަސްކޮށް އެހުރިހާ ޖަނަވާރުތައް އެއްތަން ކުރުން އެހާފަސޭހައެއް ނުވާނެކަމުގައެވެ. މިކަން މިހެން އޮތްއިރު އަދި އޭގެ އިތުރަށް ޖެނެސިސްގައި އެވާ ސައިޒުގެ ނަވަކަށް އެހުރިހާ ޖަނަވާރެއް ނުމެލެވޭނެވެސްމެއެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި ދުނިޔޭގެ އީކޯސިސްޓަމް އާއި ސްޕީޝީސްތަކުގެ ދިރުން ދެމެހެއްޓެވުމަކީ ﷲގެ ބެއްލެވުމުގެ ދަށުގައިވާ ކަންކަމެވެ. އެކަމަށް އިތުރު އިންސާނެއްގެ އެހީތެރިކަމެއް އެކަލާނގެއަށް ބޭނުންފުޅުވެ ވޮޑިގެންނުވެއެވެ. ނޫހުގެފާނު ނަވަށް ލެއްވެވި ޖަނަވާރުތަކަކީ މަސްކެއުމަށާއި ކިރުގެ ބޭނުމަށް އެކަލޭގެފާނު ގެންގުޅުއްވި ގެރި، ބަކަރި، ކަންބަޅި ފަދަ ޖަނަވާރެވެ. 

ކީރިތި ޤުރުއާނުގެ سورة المؤمنون ގެ 27 ވަނަ އާޔަތުގައިވަނީ ކޮންމެބާވަތަކުން ޖޯޑެއް ނައުކޮޅަށް އެރުވުމަށެވެ. މިއާތް ކުރިންދެވިފައިވާނެއެވެ.