8 ހާމަނީ (ކޯޑް ތިއަރި)

މެލޮޑީއެއް ކުޅުމަކީ މިއުޒިކްގައި އެއްނޯޓުގެ ފަހަތުން އަނެއް ނޯޓު ކުޅުމެވެ. ހޮރިޒޮންޓަލް އިންޓަވަލް އަކީ މެލޮޑީގެ އެއްނޯޓް އަނެއް ނޯޓާއި ހުންނަ އަޑުގެ ދުރުމިނެވެ. ހާމަނީ އަކީ އެއް ނޯޓަށްވުރެ ގިނަ، އަޑުގެ ގުޅުން ހުންނަ ނޯޓުތަކެއް އެއްފަހަރާ ކުޅުމެވެ، މިގޮތަށް ހުންނަ ނޯޓުތަކުގައި ހުންނަ އަޑުތަކުގެ ދުރުމިނަށް ކިޔަނީ ވާޓިކަލް އިންޓަވަލް އެވެ. އިޏްޓަވަލްއަށް މިދެނަން ދީފައި ހުންނަނީ ސްޓާފްގައި ނޯޓުތައް ކުރަހާފައި ހުންނަގޮތަށް ބަލައިގެންނެވެ. ޕޮޕް މިއުޒިކްގައި ހާމަނީ ކުރަނީ ވަކި އިންސްޓްރޫމެންޓްތަކުން ކޯޑުއަޅައިގެންނެވެ. އެއީ ތިން ހަތަރު ނޯޓެއް އެއްފަހަރާ އިންސްޓްރޫމެންޓުން ކުޅެގެންނެވެ، މެލަޑީލައިންއާއި ގުޅޭނެހެން ކޯޑުތައް ބަދަލުކުރުން މިއުޒިކަށް ޚާއްސަ ރީތިކަމެއް ލިބެއެވެ. މިގޮތަށް ކޯޑު ބަދަލު ކުރުމަށް ކިޔަނީ ކޯޑް ޕްރޮގްރެޝަންއެވެ. ގިޓާ ފަދަ ސްޓްރަމް ކުރެވޭ އިންސްޓްރޫމެންޓުތަކުން ކޯޑު ޕްރޮގްރެޝަންގެ އިތުރަށް ރިޕީޓެޑް ރިދަމް ޕެޓާނެއްވެސް ގެނެވެއެވެ. ޓްރަމްޕެޓް، ވަޔަލިން ފަދަ އިންސްޓްރޫމެންޓުން ކުޅެވެނީ މެލަޑީލައިން އެކެވެ. ވުމާއެކު ކޯޑެއް ކުޅުމަށް އެ ކޯޑެއްގެ ކޮންމެ ނޯޓަކަށް އިންސްޓްރޫމެންޓެއް ބޭނުންވެއެވެ. ނަމަވެސް މިއަދުގެ މަލްޓިޓިމްބަރަލް ކީބޯޑުތަކުން އެފަދަ އިނިސްޓްރޫމެންޓްތަކުގެ އަޑު އުފައްދާދީ ކޯޑު އެޅުމުގެ ފުރުސަތު ލިއްބައިދެއެވެ. 

8.1 ބޭސިކް ކޯޑުތައް (ޓްރިއަޑްސް)

ބޭސިކް ކޯޑުގައި އިންނަނީ ތިން ނޯޓެވެ. ބޭސިކް ކޯޑްތަކުގެ 4 ބާވަތެއް ވެއެވެ. އެއީ މޭޖަރ، މައިނާ، ޑިމިޝްޑް އަދި އޮގްމެންޓެޑް އެވެ. މި ކޯޑުތަކުގައި އިންނަ 3 ނޯޓުގެ އެކަތިއަނެކަތީގެ ދުރުމިން ތަފާތު 2 އިންޓަވަލްތަކެއް ބޭނުންކުރެއެވެ. އެއީ މައިނާ ތާޑް (1.5 ސްޓެޕްސް) އަދި މޭޖަރ ތާޑް (2 ސްޓެޕްސް) ބޭނުން ކޮށްގެންނެވެ، ތިރީގައި ދައްކާފައި އެވަނީ C ގެ ކީއިން މި ހަތަރުބާވަތުގެ ކޯޑު ނަގާނެގޮތެވެ،

8.2 ކޯޑް އިންވާޝަން

ކޯޑް އިންވާޝަން އަކީ ކޯޑުގެ ނޯޓެއް ނުވަތަ ގިނަނޯޓުތަކެއް ރޫޓްނޯޓުގެ ވައަތް ފަރާތަށް ބަދަލު ކޮށްލުމެވެ. އޭގެ މާނަޔަކީ އޭގެ އަޑު ބަރުކޮށްލުމެވެ. އިންވާޝަންގެ ދެބޭނުމެއް އޮވެއެވެ. އެއްބޭނުމަކީ އެއްކޯޑުން އަނެއްކޯޑަން ބަދަލުވާން ފަސޭހަކުރުމެވެ. އަނެއް ބޭނުމަކީ މެލަޑީއާއި ބޮޑަށް ގުޅުވުމެވެ. ތިރީގައި މިވަނީ C މޭޖަރ ކޯޑުގެ ދެ އިން ވާޝަން އެވެ.

8.3 ސްކޭލްގައި ހުންނަ ޓްރިއަޑްސްތައް

ތިރީގައިވާ ކުރެހުމުން ދައްކާދީފައިވަނީ C މޭޖާރ ސްކޭލްގެ ހުރިހާ ޓްރިއަޑްސް އާއި އަދި އޭގެ ރެލެޓިވް މައިނާ ސްކޭލްގެ ވެސް ޓްރިއަޑްސް ތަކެވެ. މި ޓްރިއަޑްސް ނުވަތަ ކޯޑުތައް ބޭނުންކޮށްގެ އެ ސްކޭލްތަކުން ހެދާފައިވާ މިއުޒިކް ހާމަނައިޒް ކުރެވޭނެއެވެ.

8.4 އެޑްވާންސް ކޯޑުތައް

ތިރީގައިވާ ޓޭބަލުންނާއި މިސާލުތަކުން ދައްކާ ދެނީ އެޑްވާންސްޑް ކޯޑުތަކެވެ. މިކޯޑުތަކަކީ ޖޭޒް މިއުޒިކްގައި އާންމުކޮށް ބޭނުންކުރާ ކޯޑުތަކަކެވެ، މައިގަނޑުބޭނުމަކީ މުއްސަދި އަޑު (ވޮއިސިންގް) އުފެއްދުމެވެ. މިކޯޑުތައް އުފައްދަނީ ސްކޭލްގެ ޓްރިއަޑްއަކަށް ހިމެނޭ ނޯޓުތަކަށް އެހެން ނޯޓުތައް އެއްކޮށްގެންނެވެ. ތިރީގައިވަނީ އެޑްވާންސް ކޯޑުތައް ހެދުމަށް ބޭނުންކުރެވިދާނެ ފޯމިއުލާ ތަކެކެވެ. މިސާލަކަށް ދީފައިވަނީ C ގެ ކީގެ ކޯޑުތަކެކެވެ،