5. އިންޓަވަލްތައް

މިއުޒިކްގައި އިންޓަވަލް އަކީ ދެ ނޯޓެއްގެ އަޑުގެ ދުރުމިނެވެ. މިއުޒިކްގައި އިންޓަވަލް ބޭނުންކުރަނީ މެލޮޑީ (ރާގު) ހެދުމަށާއި ހާމަނީ (ކޯޑް) ހެދުމަށެވެ. އެއް ނޯޓުގެ ފަހަތުން އަނެއް ނޯޓުގެ ފަހަތުގައި އަނެއް ނޯޓު ލިޔުމުން ނުވަތަ ކުޅުމުން އެއީ ހޮރިޒޮންޓަލް އިންޓަވަލް. މެލަޑީއެއްގެ ނޯޓުތަކުގެ ދެމެދުގައި ހުންނާނީ ހޮރިޒޮންޓަލް އިންޓަވަލް އެވެ. ވާޓިކަލް އިންޓަވަލް ކުރަހާފައި ހުންނަނީ އެއް ނޯޓުގެ މަތީގައި އަނެއް ނޯޓެވެ. ކޯޑްތަކުގެ ނޯޓްތައް ކުރަހާއިރު ނުވަތަ އެއްވަގުތަކާއި އެކު ކުޅޭ ނޯޓުތަކުގައި ހުންނާނީ ހޮރިޒޮންޓަލް އިންޓަވަލް އެވެ. ތަފާތު ދެ އިންސްޓްރޫމަންޓަކުން އެއްވަގުތަކާއި އެކު ނޯޓުތަކެއް ކުޅެފިނަމަ އެނޯޓުތަކުގެ ދެމެދުގައި ވާޓިކަލް އިންޓަވަލް ހުންނަކަމުގެ އިހުސާސް އަޑުއަހާ މީހާއަށް ލިބެއެވެ. ތިރީގައިވަނީ C އާއި އަދި ސްޓާފްގައި އޭގެމައްޗަށް ހުންނަ އެހެން ނޯޓުތަކާއި ދެމެދު ހުންނަ އިންޓަވަލްއެވެ. ބޭސިކް އިންޓަވަލްގެ ނަން ދަނެގަތުމައްޓަކައި އެންމެ ތިރީ އިންނަނޯޓުން ފެށިގެން މަތީނޯޓާއި ހަމަޔަށް ރޮގުތަކާއި ސްޕޭސް ގުނާނީ އެވެ. ވަރަށް ގިނަފަހަރަށް މިއުޒިކްގައި ބޭސިކް އިންޓަވަލް ބަދަލުކުރަންޖެހެއެވެ. މިގޮތަށް ބަދަލުކުރަނީ ކޮންމެވެސް ނޯޓެއް ޝާޕް ނުވަތަ ފްލެޓްކޮށްގެންނެވެ. ދެން އަލަށްއުފެދޭ އޮލްޓާޑް އިންޓަވަލް އަށް އައުނަން ކިޔަން ޖެހެއެވެ.

މަތީގައިވާ ކުރެހުމުގައި ބޭނުންކޮށްފައިވާ T އަކީ ޓޯން އެވެ. އެއީ މެދަށް އެއް ފްރެޓް ނުވަތަ ސްޓެޕް ދޫކުރުމުން ދެނޯޓުގެ އަޑުގެ ފަރަގެވެ. ޓޯން އަކީ އަޑެވެ. 

ތިރީގައި ވަނީ އިންޓަވަލްތައް ކުރަހާފައި ހުންނަ ގޮތެވެ. ފުރަތަމަ ނޯޓަކީ C އެވެ. ދެން އެނޯޓާއި ދެވަނަ ނޯޓާއި ދޭތެރޭގައި އިންނަ އިންޓަވަލް ފާހަގަކޮށްދީފައި އެވަނީ އެވެ. އިންޓަވަލް ފާހަގަ ކުރާއިރު 5 އަކުރެއް ބޭނުން ކުރެއެވެ، އެ އަކުރުތަކާއި އެއާއި ގުޅޭ ނަންތައް ވެސް ތިރީގައި ދީފައި އެވަނީ އެވެ.