4. ޝާޕް، ފްލެޓް އަދި ނެޗުރަލް

ކުރިން ބުނެދީފައިވަނީ ކީބޯޑުގެ ހުދު ފިތްތަކަކީ ސްޓާފުގެ ކޮން ނޯޓުތަކެއް ކަމުގައެވެ. އަދި ހަމަ އެނޯޓުތައް ހުންނަނީ ގިޓާގެ ފްރެޓް ބޯޑުގެ ކޮންތަނެއްގައި ކަމުގައެވެ. ކޮންމެކަޅުފިތެއްގެ ނަންދޭނީ ޖެހިގެން އިންނަ ހުދު ފިތައް ނިސްބަތްކޮށެވެ. ވައަތްފަރާތުގައި އިންނަ ތޫލި އަޑުގެ ފިތަށް ނިސްބަތްކޮށް ބުނާނީ ފްލެޓް (b) އަދި ކަނައަތް ފަރާތުގެ ބަރު ފިތައް ނިސްބަތްކޮށް ބުނާނީ ޝާޕް (#) ކަމުގައެވެ. ޖެހިގެން އިންނަ ހުދުފިތާއި ކަޅުފިތާއި ދެމެދުގެ އަޑުގެ ފަރަގަކީ ބައި ޓޯން (ހާފް ސްޓެޕް) އެވެ. މެދުގައި ކަޅުފިތެއް ނެތް E އާއި F އާއި ދެމެދު އަދި B އާއި C އާއި ދެމެދުވެސް އިންނާނީ ބައި ޓޯންގެ އަޑުގެ ފަރަގެވެ. ހަމަ އެއުސޫލުން ގިޓާގައިވެސް ކުރިންބުނި ނޯޓުތަކުގެ ދެމެދުގައި ހުންނާނީ ފްލެޓާއި ޝާޕެވެ. ބަރު ނޯޓަކުން ތޫލި ނޯޓަކަށް ދާއިރު ވާނީ ޝާޕެވެ، އަދި ތޫލި ނޯޓަކުން ބަރު އަޑަކަށް ވާނީ ފްލެޓެވެ. ސްޓާފްގައި ނޯޓުތައް ކުރަހާއިރު 3 ނިޝާނެއް ބޭނުންކޮށްގެން ނޯޓުގެ އަޑު ބަދަލުކުރެވެއެވެ. އެއީ ޝާޕް، ފްލެޓް އަދި ނެޗުރަލް އެވެ. ނެޗުރަލް ބޭނުންކުރަނީ ކޮންމެވެސް ގޮތަކުން ޝާޕް ނުވަތަ ފްލެޓް ވެފައިވާ ނޯޓެއް އޭގެ އަސްލަށް ގެނައުމަށެވެ. މި ނިޝާންތައް ޖަހަންޖެހެނީ ނޯޓުގެ ކުރިމަތީގައެވެ.

 

 

މަތީގައިވަނީ ގިޓާގައި ޝާޕްތަކާއި ފްލެޓްތައް ހުންނަ ފްރެޓްތަކެވެ. ޖެހިގެން އިންނަދެފްރެޓްގައި އެއްނަރެއްގެ ނޯޓުތަކުގައި ހުންނާނީ ސެމީޓޯންއެއްގެ ފަރަގެވެ. އެއްކުލަ ޖައްސާފައިވާ ދެނޯޓްގައި ހުންނާނީ އެއްޕިޗެވެ. ތިރީގައިވަނީ އެކްސިޑެންޝަލް (ފްލެޓް، ޝާޕް އަދި ނެތުރަލް) ސްޓާފްގައި ކުރަހާފައި އިންނަގޮތެޗެ.