އިމްޕްލާންޓޭޝަން

ފާޓިލައިޒްވެފައިވާ ބިސް ނުވަތަ ޒައިގޯޓު ދެބައިވެ، ދެން ހަތަރުބައިވެ، މިގޮތަށް  އޭގެ ސެލްތައް އިތުރުވާން ފަށައެވެ، ޒައިގޯޓު އޭގެދަތުރު ޔުޓެރަސް އާއި ދިމާއަށް ކުރަމުންދާއިރު، ގާތްގަޑަކަށް 6 ދުވަހުތެރޭ، ސެލްތަކަކުން އުފެދިފައިވާ ބޯޅަޔެއްގެ ސިފަ އެއަށް ލިބެއެވެ. ދެން އެއަށް ކިޔަނީ “ބްލާސްޓޮކިސްޓް” އެވެ. އެއަށްފަހު، ޔުޓެރަސްގެ ބޯވެފައިވާ ލައިނިންގެ ތެރޭ އޭތި ވަޅުލެވިގަނެއެވެ (އިމްޕްލާންޓޭޝަން). މި ކާނެގީ ސްޓޭޖް 5 ފުރިހަމަވުމަށް ( އޯަވަރީން ބިސް ދޫކުރާފަހުން) 7 ދުވަހާއި 12 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ. އޭރު ކުޑަ އެމްބްރިއޯގެ ސައިޒަކީ ހަމަ އެންމެ 0.1 އާއި 0.2 މިލިމީޓަރުކަމުގައިވާތީ، އިމްޕްލާންޓޭޝަނުން ރައްކާތެރިކަން ނުލިބޭނަމަ އެ ލޮލަށް ނުފެންނަ އެމްބްރިޔޯ އިންސާނަކަށް ބަދަލުވުމުގެ ފުރުސަތުގެއްލި، އަންހެނާގެ ރަހިމުން ފައިބައިގެން ހިގައިދާނެއެވެ.   

ޒައިގޯޓް ގެ ފުރަތަމަ 8 ނުވަތަ 9 ދުވަހުގެ ހަރަކާތް. ސޯސް- wikipedia.org

سورة المؤمنون ގެ  13 ވަނަ އާޔަތުގައި ވަރަށް ސާފުކޮށް އިމްޕްލާންޓޭޝަންގެ ވާހަކަ ވެއެވެ. 

ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَّكِينٍ ﴿١٣﴾

ދެން ތިމަންރަސްކަލާނގެ އެ އިންސާނާ، ރައްކާތެރިތަނެއްގައި، މަނިތިއްކެއްގެ ގޮތުގައި ލެއްވީމެވެ. (13)  (ޤުރުއާން، 23:13)

Then made him a drop of fluid in a secure shelter. (Qur’an, 23:13)- Ahmed Raza Khan

قرار މިބަސް ބޭނުންކުރެވިފައިވަނީ ޔުޓެރަސްއާއި ފީޓަސްއާއި ދެމެދުވާ ގުޅުމުގެ މައްޗަށެވެ. އަދި ދަތުރުކުރަމުންދާ އެއްޗެއް މަޑުކޮށް ހަމަޖެހޭތަނެއްގެ (place of settlement) ގޮތުގައެވެ. مكين ބޭނުންކުރެވިފައިވަނީ ޔުޓެރަސް އާއި މައިމީހާގެ ހަށިގަނޑާއި ވާގުޅުމަށެވެ. ބޭރުންއަންނަ އެއްޗެތި އިންސާނާގެ ހަށިގަނޑު ޤަބޫލުނުކުރިއަސް، نطفه އަދި އެހެނިހެން ސްޓޭޖްތަކުގެ އެންބްރިއޯއަށާއި ފީޓަސްއަށް 9 މަސްދުވަހުގެ ހިޔާވަހިކަމާއި ކާނާ ޔުޓެރަސް ހޯދާދެއެވެ. ފީޓަސް ހިމާޔަތްކޮށްދޭ މަހާއި ލިގަމެންޓްސް ޔުޓެރަސްގައިވެއެވެ. އަދި ފީޓަސް ހެދިބޮޑުވަމުންއަންނައިރު އެއަށް ޖާގަދިނުމުގެ ގޮތުން ޔުޓެރަސް ބޮޑުވެއެވެ. ފީޓަސްގެ ވަށައިގެންވަނީ އެމްނިއޮޓިކް ފްލުއިޑް، އެމްނިއޮޓިކް މެމްބްރޭން، ޕްލެސެންޓާ ޔުޓެރެސްގެ ބޯ މަސަލް ފަށަލަ އަދި އެބްޑޯމަން ވޯލްއެވެ. މިހުރިހާއެއްޗެއްގެ ސަބަބުން ޔުޓެރަސް އަކީ قرار ވުމަށް ފީޓަސްއަށް އެކަށިގެންވާ ތަނެއްކަމުގައިވެއެވެ. ވީމާ ޤުރުއާންގައި قرارއައިސްފައިވާނި މި ސަބުތަކަށްޓަކައި ކަމުގައި ބެލެވެއެވެ.