ނިންމުން ނެތުމުގެ ތަރެއިން ކޮންމެއެއްޗެއްވެސް އުފެއްދެވުމުގެ ކުޅަދުންވަންތަކަށް ﷲ އަށް ލިބިވޮޑިގެންވެއެވެ. ކުޑަކުޑަ ދެސެލްއިން އަޅުގަނޑުމެން އިންސާނުން އުފެދޭގޮތް ﷲ މެދުވެރިކުރެއްވިއެވެ. މިއުފެއްދެވުގެ މަރުޙަލާގެ ތެރެއިން އަޅުގަނޑުމެންގެ މައިންބަފައިންގެ ފަރާތުން ވާރުތާވާ ސިފަތަކެއްލެއްވިއެވެ. އޭގެސަބަބުން އެކަކު އަނެކަކާއި ދެމެދު ލޭގެގުޅުން  އުފެދި، ކުލުނު އުފެދެއެވެ. ނަތީޖާއެއްގެގޮތުން އެކަކުގެ ފަރާތުން އަނެކަކަށް ލޯތްބާއި އަޅާލުމާއި ރައްކާތެރިކަން ލިބޭނެގޮތްމެދުވެރި ކުރެއްވިއެވެ. މިއީ އިންސާނުން ޖާމާއަތްތަކުގެ ގޮތުގައި އުޅެން ﷲ ލައްވާފައިވާ ނިޒާމެކެވެ. ނުރައްކަލުންނާއި އަނިޔާއިން ސަލާމަތްވުމަށްޓަކައި ލައްވަވާފައިވާ ނިޒާމެއްވެސް މެއެވެ. މީގެ އިތުރުން އަޅުގަނޑުމެން ކޮންމެ އިންސާނަކީވެސް ވަކި ފަރުދަކަށްވުމަށްޓަކައި ޖެނެޓިގޮތުން ސިފަ ތަފާތުކުރެއްވިއެވެ (ވޭރިއޭޝަން). އެހެންނޫންނަމަ އެންމެން އެއްވައްތަރުޖަހައި އަނބިދަރިންނާއި އަޚުންނާއި އުޚުތުން ވަކިނުވެ، ގިނަ އިޖްތިމާއީ މައްސަލަތައް ކުރިމަތިވާނެއެވެ. މިމަޒްމޫނުގައި އަޅުގަނޑު މަސައްކަތްކުރީ ކީރިތި ޤުރުއާނާއި ސައިންސްގެ އަލީގައި އިންސާނާ އުފެދޭގޮތް ކިޔުންތެރިޔާއަށް ބުނެދެވޭތޯއެވެ. ހަމަކަށަވަރުން އިންސާނާ އުފެދޭ ގޮތަކީވެސް ﷲ ގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަ ކަމުގެ ފުރިހަމަ ހެއްކެކެވެ. އަދި ޤުރުއާނުގައިވާ މަޢުލޫމާތާއި ސައިންސްގެ ހޯދުންތަކުން އެނގިގެންދަނީ ކީރިތި ޤުރުއާނަކީ ﷲ، މުޅި އިންސާނިއްޔަތައް ބާވާލެއްވި ފޮތެއްކަމުގައެވެ. އެއީ އަޅުގަނޑުމެންގެ މާތްރަސޫލާގެ އަމިއްލަ ބަސްފުޅެއްނޫންކަމުގައެވެ. އަޅުގަނޑަށް މިމަޒްމޫނު ލިޔުމުގެ ހެޔޮތައުފީޤް ދެއްވިކަމަށްޓަކައި ﷲއަށް ޙަމްދުކުރަމެވެ. އަދި ތިޔަ ކިޔުންތެރިޔާއަށް މިމަޒްމޫނު ކަމުދިޔަނަމަ އެހެން ބޭފުޅުންނާއި ޙިއްސާކޮށްދެއްވާނެ ކަމުގެ އުއްމީދުގައި ނިންމާލަމެވެ.