ސެލް – ހަށިގަނޑުގެ އެންމެ ކުޑަ ޔުނިޓް

ދިރޭތަކެތި އުފެދެނީ ސެލްތަކަކުންނެވެ. ސެލްއަކީ ދިރޭތަކެތީގެ އެންމެ ކުޑަ ބައެވެ. ކޮންމެ ސެލްއަކީ ވަކިވަކި މަސަކަތްތަކެއްކުރާ އެއްޗެކެވެ. ސެލްތައް ބައިބަޔަށްބެހި ހަށިގަނޑުގައި ޓިޝޫތައް އުފެދެއެވެ،  ހިތާ ސިކުނޑިފަދަ ގުނަވަންތައް އުފެދެނީ ޓިޝޫއިންނެވެ. އާދައިގެ ސެލްއެއްގައި 23 ޖޯޑު ކްރޮމޮޒޯމްވެއެވެ. މީގެ ކޮންމެ ޖޯޑެއްގެ، އެއް ކްރޮމޮޒޯން ވާރުތަވަނީ މަންމަގެ ފަރާތުންނެވެ، ދެވަނަ ކްރޮމޮޒޯން ވާރުތަވަނީ ބައްޕަގެ ފަރާތުންނެވެ. މަންމަގެ ބިހުގައި ހުންނަނީ 23 ކްރޮމޮޒޯން އެވެ. ބައްޕަގެ ސްޕާމްގައި ހުންނަނީ 23 ކްރޮމޮޒޯންއެވެ. ފާޓިލައިޒޭޝަންއަށް ފަހުގައި މިދެ ސެޓް ކްރޮމޮޒޯން 23 ޖޯޑަށް ބަދަލުވެއެވެ. އެއީ ޖުމުލަ 46 ކްރޮމޮޒޯން އެވެ. ކްރޮމޮޒޯން އެކުލެވިގެންވަނީ ދިގުކޮށްހުންނަ ޑީއެންއޭގެ ސްޓްރޭންޑްތަކުގައެވެ. އިންސާނާގެ ވާރުތަވާއެކި ސިފަތަށް ރަމްޒުކޮށްދޭ “ޖީން” ތަކަކީ ޑީއެންއޭ ނުވަތަ ކްރޮމޮޒޯންގެ ބައިތަކެކެވެ. .

ޑީއެންއޭގައި ޖީންސް ހުންނަގޮތް. ސޯސް- thinnergene.com

23 ވަނަ ޖޯޑަކީ އެކްސް އަދި ވައި ކްރޮމޮޒޯންއެެވެ. މި ދެ ކްރޮމޮޒޯން ގުޅޭގޮތުން  އަންހެނެއްތޯ ނުވަތަ ފިރިހެނެއްތޯ ކަނޑައެޅެއެވެ.

وَأَنَّهُ خَلَقَ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ ﴿٤٥﴾ مِن نُّطْفَةٍ إِذَا تُمْنَىٰ ﴿٤٦﴾

އަދި رحم ގެ ތެރެޔަށް މަނިފޮދެއް އެޅޭހިނދު އެއިން، ފިރިހެން އަންހެން ދެބާވަތް ހެއްދެވީވެސް އެކަލާނގެއެވެ. (ޤުރުއާން، 46-53:45).

“…And that He did create the two sexes, the male and female from nutfah, as it is emitted or planned”. (Quran, 53:45-46). -Zindani, Mustafa and Joe.

23 ޖޯޑު ކޮރޮމޮޒޯން. ސޯސް- missinglink.ucsf.edu