نشا ސްޓޭޖްއާއި އޭގެ ފަސް 

ފާޓިލައިޒްވުމަށްފަހު 8 ވަނަ ހަފްތާނިމި 9 ވަނަ ހަފްތާ ފެއްޓޭއިރު އެމްބްރޯޔޮނިކް ސްޓޭޖް ނިމި ފީޓަލް ސްޓޭޖް ފެށެއެވެ. ބޮޑުވަމުން އަންނަ ފީޓަސް (8 ވަނަ ހަތްތާއަށްފަހު ކިޔަނީ ފީޓަސް) އަށް އިންސާނެއްގެ ސޫރަ ލިބެއެވެ. މަހުން ކަށިނިވާވެ އަދި ގައިގެ ހަންގަޑު އޭގެ މަތިން އުފެދެމުން ދެއެވެ. މިހާހިސާބަށް ދާއިރު މުޙިއްމު ހުރިހާ ގުނަވަނެއް ޤާއިމްވެ ބައެއް ގުނަވަންތައް މަސައްކަތްކުރަން ފަށައެވެ. نشا ސްޓޭޖްގައި އެމްބްރިޔޯނިކް ސްޓޭޖްގައި އުފެދުނު އޯގަންތަކާއި ސިސްޓަމްތަކުގެ މަސައްކަތް ފެއްޓުމަށް ތައްޔާރުވެއެވެ. نشا ސްޓޭޖް ފެށެނީ 9 ވަނަ ހަފްތާގައެވެ. ފީޓަސް 12 ވަނަ ހަފްތާއާއި ހަމަޔަށް ދިޔުމާއިއެކު ވަރަށް އާދަޔާޙިލާފު އަވަސް މިނެއްގައި ހެދި ބޮޑުވެތަރައްޤީވާ ސްޓޭޖަކަށް ދެއެވެ. 16 ވަނަ ހަފްތާގައި ފީޓަސްގެ ކަށްޓާއި ގޮހޮރާއި ހަންގަނޑު އުފެދެމުން އަންނައިރު ކިރުބޯއިރު އަނގަޔަށް ގެންނަހަރާކާތްތައް ގެނެވެއެވެ. 24ވަނަ ހަފްތާގައި ދުލުގައި ރަހަދެނެގަތުމަށް ހުންނަ ޓޭސްޓްބަޑުތައް އުފެދެމުންދިޔުމުގެ އިތުރަށް ކަށީގެ ބޯންމެރޯއިން ރެޑް ބްލަޑް ސެލް އުފައްދަން ފަށައި ފީޓަސް ނިދާހޭލާހަދައެވެ. ފުއްޕާމޭ އުފެދި އަދި މަސައްކަތް ނުކުރިޔަސް، ޖިންސީގުނަވަން އުފެދި، އަންހެނެއްނަމަ އުމުރަށްބޭނުންވާ ބިސްވެސް އޮވަރީގައި އުފެދެއެވެ. 32 ވަނަ ހަފްތާއާއި ހަމަޔަށް އަންނައިރު ފީޓަސްގެ ހުރިހާ ކަށިތަކެއްހަމަޔަށް އުފެދިދާނެއެވެ. އަތާ ފައިގެ ހަރަކާތްތައް އިތުރުވެ ލޯހުޅުވައި ލެއްޕުމުގެ ޤާބިލްކަން ލިބުމުގެ އިތުރަށް ނޭވާލުމުގެ ހަރަކާތްތައްވެސް ގެނެވޭނެއެވެ. 37 ވަނަ ހަފްތާއާއި 40 ވަނަ ހަފްތާއާއި ދޭތެރޭ ހުރިހާ އޯގަންތަކެއް އަމިއްލަޔަށް މަސައްކަތް ކުރަން ފަށައި ހަށިގަނޑުގެ ބޮޑީ ފެޓްސް އިތުރުވެ،  16 އާއި 19 އިންޗީގެ ސައިޒަކަށް އަންނާނެއެވެ.

އިންސާނާ އުފެދެމުން އަންނަގޮތް. ސޯސް- sonobabystudio.com  

يَخْلُقُكُمْ فِي بُطُونِ أُمَّهَاتِكُمْ خَلْقًا مِّن بَعْدِ خَلْقٍ فِي ظُلُمَاتٍ ثَلَاثٍ….

ތިޔަބައިމީހުންގެ މައިންގެ ބަނޑުގައި ތިން އަނދިރިކަމެއްގެ ތެރޭގައި، އެއްއުފެއްދެވުމަކަށްފަހު، އަނެއްއުފެއްދެވުމަކުން، އެކަލާނގެ ތިޔަބައިމީހުން ހައްދަވަތެވެ. (ޤުރުއާން، 39:6) 

سورة الزمر ގެ 6 ވަނަ އާޔަތުން އެނގެނީ މާތް ﷲ އިންސާނާ އުފައްދަަވަނީ ތިން އަދިރިކަމެއްގައި ކަމާއި އަދި އެކިއެކި ސްޓޭޖް ތަކެއްގައި ކަމެވެ. މި ސްޓޭޖްތަކުގެ ވާހަކަ ކުރިން ނަންގަނެދިޔައީއެވެ. މިތާގައި ބަލާނީ އެ ތިން އަދިރިކަމަކީ ކޮބައިތޯއެވެ. އަޅުގަނޑުމެންނަށް އެނގެނީ ކުޑަކުޑަ އެމްބްރިޔޯއާއި ފީޓަސް ރަހިމުގައި އޮންނައިރު އެއީ ވަރަށް ނިކަމެތި ބަލިކަށިއެއްޗެއްކަމެވެ. ހޫނާއި ފިންޏާއި ލޮޅުންތަކުން ރައްކާތެރިނުވިނަމަ އެ ފީޓަސް މަރުވާނެކަމެވެ. މި ނުރައްކާތަކުން ސަލާމަތްކޮށްދެނީ އެބްޑޮމަން ވޯލާއި، ޔުޓެރިން ވޯލާއި އެމްނިއޮޓިކް ސެކް އެވެ. ވީމާ މިތިން އަދިރިކަމަކީ މީ ކަމުގައި ދިރާސާވެރިން ބުނެއެވެ.