ތޯޓް އެކްސްޕެރިމެންޓް މިބައިގައި އަޅުގަނޑު ހިމަނަން ޤަސްދުކުރަނީ ތޯޓް އެކްސްޕެރިމެންޓެކެވެ. 

މިސާލަކަށް ތިބާ ތިހިރީ، މަތީގައިވާ ތަސްވީރު 1 ގެ މެދަށް ބަލައިގެންކަމުގައި ވިސްނަވާށެވެ. ކުއްލިއަކަށް ދެން ތިބާޔަށް މިފެނުނީ ތަސްވީރު 2 ގައި ހުރިގޮޑި އެތާގައި ހުއްޓައެވެ. އެގޮޑި އެތަނަށް މީހަކުގެނައި ތަނެއް ނުފެނެއެވެ. އެންމެއަވަހަށް ތިބާގެ ލޮލަށް ގޮޑިނެތްމަންޒަރުން ގޮޑިހުރިމަންޒަރަށް ތަސްވީރު ބަދަލު ކޮށްލެވޭނީ 0.013 ސިކުތުންނެވެ. ވީމާ އެގޮޑިހުރިތަނަކުން މީހަކަށް އެންމެއަވަހަށް އެގޮޑިގެނެސް އެތާބަހައްޓާފައި، ދެއްކޭނީ 0.013 ސިކުންތުންނެވެ. އޭގެ އިތުރަށް ހިގާވަގުތުތަކުގައި އެގޮޑި އެތާ ޤަރާރުވެ ހުރިތަން ތިބާޔަށް ފެންނާނެއެވެ. މިގޮތުން މަތީގައިވާ ވަޤުތާއި ދުރުމިން ބޭނުން ކޮށްގެން ބިލްޤީސްގެ تخت ގެންދެވިފައިވަނީ ކިހާ ބާރު ސްޕީޑެއްގައިތޯ ބަލާލާނަމެވެ.

މަތީގައިވާ ހިސާބުން ދައްކައިދެނީ ހައިރާން ކުރުވަނި ނަތީޖާއެކެވެ. އެ تخت ގެންދިޔުމަށް މެދުވެރިފަރާތުން އެތަހުތު ގެންގޮސްފައިވަނީ އަލީގެ ސްޕީޑްގައި ނުވަތަ އެއާއި ކައިރިކުރާ ސްޕީޑެއްގައި ކަމުގައެވެ. އަލީގެ ސްޕީޑަކީ ޔުނިވާރސަލް ކޮންސްޓެންޓެކެވެ. ލެބޯޓަރީ ތަކުގައި ހެދޭ އެކްސްޕެރިމެންޓް ތަކުގައި ޕަސެންޓޭޖް ޑިފަރެންސް (ފަރަގުގެ ޕަސެންޓޭޖް) %10 އަށްވުރެ ކުޑަނަމަ އެކްސް ޕެރިމެންޓްގެ ނަތީޖާއަކީ ޤަބޫލުކުރެވޭ ނަތީޖާއެކެވެ. ވުމާއެކު ސައިންޓިފިކް ގޮތުން އެ تخت ގެންދެވިފައިވަނީ އަލީގެ ސްޕީޑްގައި ކަމުގައި ބުނެވިދާނެއެވެ. މިއަދުގެ ސައެންސް ޢިލްމުން އެގެން އޮތީ އެއްވެސް މާއްދީ އެއްޗެއް އަލީގެ ސްޕީޑަށްވުރެ ބާރަށް ދަތުރު ނުކުރެވޭނެ ކަމެވެ. ނަމަވެސް އިންފްރާ ރެޑް ފަދަ އެލެކްޓްރޯ މެގްނެޓިކް އެނާޖީއިން އުފެދިފައިވާ މަޚްލޫޤެއްނަމަ އަލީގެ ސްޕީޑްގައި ދަތުރުކުރެވިދާނެކަމެވެ. އަދި އެފަދަ މަޚްލޫގަކަށް ފާރުތައް ފޫއަޅުވާލާ ބަންދުކޮށްފައި ހުރިތަނަކަށް ވަދެވިދާނެއެވެ. އެފަދަ މަޚްލޫގެއް އެ ތަނުގައި ވެދާނެ ބާވައެވެ؟ މިކަން ކިޔުންތެރިޔާގެ ވިސްނުމަށް އަޅުގަނޑު ދޫކޮށްލާނަމެވެ. އަދި އެފަދަ އެއްޗަކަށް މާއްދީ އެއްޗެއް ގެންދެވޭނީ މިހާރުގެ ފިޒިކްސްގެ އިލްމުން އެގޭގޮތުން އަލީ ސްޕީޑަށްވުރެ ދަށް ސްޕީޑެއްގައެވެ. ސަބަބަކީ އަލީގެ ސްޕީޑާއި ކައިރިވަމުންދާވަރަކަށް (ރެލެޓިވިސްޓިކް ސްޕީޑް) އެމާއްދީ އެއްޗެއް ދާނީ ބަރުވަމުންނެވެ. އަދި އެކަމަށް ވަރަށްގިނަ  މިންވަރެއްގެ ހަކަތަވެސް ބޭނުންވާނެއެވެ. ނަމަވެސް ﷲ އެފަދަ ބާރެއް ދެއްވާފައިވާ ފަރާތަަކަށް އެކަންކުރުމަކަށް އެއްވެސް ފިޒިކަލް ލޯ އެއް ބޭނުން ނުވެއެވެ. ވަޤުތާއި ސްޕޭސް އަކީ ﷲ ހެއްދެވި އެއްޗެތި ކަމުގައިވާތީ ވަޤުތާއި ސްޕޭސް ނުހިމަނައި އެކަން ވުމަށް އިރާދަކުރެއްވުމުން އެކަން ވެ ނިމިދާނެއެވެ. އަޅުގަނޑުމެން އިންސާނުނަށް އެގެނީ ﷲ އުގަންނަވައިދެއްވި އެއްޗެކެވެ. ހުރިހާކަމެއް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.