ބިލްޤީސްގެ تخت ބައިތުލް މަޤްދިސްއަށް ގެންދެވުނީ ކިހިނެއްހޭ؟

ސަބާގެ ރާނީ (ބިލްޤީސް) ގެ ތަޚުތު ސަބާއިން ބައިތުލްމަޤްދިސްއަށް ގެންދެވުނުގޮތް ކީރިތި قرآنގެ سورة النمل ގައި ބަޔާން ކޮށްފައިވަނީ ތިރީގައިވާގޮތަށެވެ،

قَالَ عِفْرِيتٌ مِّنَ الْجِنِّ أَنَا آتِيكَ بِهِ قَبْلَ أَن تَقُومَ مِن مَّقَامِكَ ۖ وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ ﴿٣٩﴾

ޖިންނީންގެ ތެރެއިން عفريت އަކު ދެންނެވިއެވެ. ކަލޭގެފާނު ތިޔަ އިންނެވިތަނުން ތެދުވެވަޑައިގަތުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ. އަދި ހަމަކަށަވަރުން، ތިމަންނާއީ، އެ އުފުލޭފަދަ، ބާރުގަދަ، އޭގެމައްޗަށް أمانة ތެރިއަކީމެވެ.

قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَآهُ مُسْتَقِرًّا عِندَهُ قَالَ هَـٰذَا مِن فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَن كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ ﴿٤٠

(ބާވައިލެއްވި) ފޮތުން علم ލިބިފައިވާމީހާ ދެންނެވިއެވެ. ކަލޭގެފާނު ކަޅިހިންގަވައިލެއްވުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ. ދެން އެކަލޭގެފާނުގެ އަރިހުގައި އެ تخت ބެހެއްޓިފައިހުއްޓައި ފެނިވަޑައިގަތްހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންމިވީ އަހުރެންގެ ވެރިރަސްކަލާނގެ فضل ވަންތަ ކަމުންނެވެ. (އެއީ) އަހުރެން نعمة އަށް شكر ކުރަނީތޯ، ނުވަތަ ދެކޮޅުވެރިވަނީތޯ امتحان ކުރެއްވުމަށްޓަކައެވެ. شكر ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ شكر ކުރާކަން ކަށަވަރީ، ހަމައޭނާގެ އަމިއްލަ نفس އަށެވެ. އަދި (نعمة އަށް) ދެކޮޅުހަދާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެއީ، ފުދިވޮޑިގެންވާ، ދީލަތިވަންތަ ރަސްކަލާނގެއެވެ.

ޤުރުއާނުގައި އެވާހަަކަ އައިސްފައިވާގޮތުން އެހެން ވައްތަރުގެ ޖިންނިންވެސް އެމަޖިލީހުގައި ތިބިކަން އެގެނީ ޖިންނިންގެ ތެރެއިން އިފުރީތެއްގެ ވާހަކަ އައިސްފައި އޮތުމުންނެވެ. ދެން އުފެދޭސުވާލަކީ ފޮތުން ޢިލްމުލިބިފައިވާ މީހާއަކީ ޖިންނިއެއްހޭ؟ އެއީ ޖިންނިއެއްކަމުގައިވާނަމަ ހެޔޮލަފާ ދީންވެރި ފޮތަކަށް ތަބާވާ ޖިންނިއަކަށްވާން ޖެހެއެވެ. ދެން އުފެދޭ އަނެއް ސުވާލަކީ ޖިންނިންނަށް އެފަދަ ކަމެއްކުރުމުގެ ޤާބިލްކަން ލިބިފައިވޭ ބާވައެވެ. ކީރިތި ޤުރުއާނުގެ سورة سبإ ގެ 12 އަދި 13 ވަނަ އާޔަތުގައި سليمان ގެފާނުންގެ ކުރިފުޅުމަތީގައި މަސައްކަތްކުރާ ޖިންނިން ލައްވަވާފައިވާކަން އެނގެއެވެ. އުސްވެގެންވާ ބިނާތަކާއި ސިފަސިފައިގެ ބުދުތަކާއި ބޮޑެތި ތައްޓާއި ބިޔަތެލިތަކުގެ ތެރެއިން سليمان ގެ ފާނުން އެދި ވަޑައިގަންނަވާ އެއްޗެތި އެބައިމީހުން ހަދައިދީ އުޅުނެވެ. އަދި سورة الجن ގެ 9 ވަނަ އާޔަތުގައިވާގޮތުން ޖިންނިން އުޑުގެ އެކިތަންތަނުގައި އަޑުއަހަން އިށީދެ އުޅުނުކަން އެގެއެވެ. ވީމާ މީގެން އެގެނީ ޖިންނިން އާދަޔާޚިލާފު ދުރުރާސްތާ ކުޑަ ވަޤުތުކޮޅެއްގައި ކަނޑައްތު ކުރުމުގެ ޤާބިލުކަން ލިބިފައިވާކަމެވެ. އަދި ހަމަ އެސޫރަތުގެ 11 ވަނަ އާޔަތުން ޖިންނިންވަނީ ތަފާތު ބައިބަޔަށްކަމާއި ޖިންނިންގެ ތެރޭ ހެޔުލަފާ މީހުންނާއި އެހެންމީހުން ވާކަންވެސް އެގެއެވެ. އަދި سورة الجن ގެ 14 ވަނަ ވަނަ އާޔަތުން ޖިންނިންގެ ތެރޭ މުސްލިމުންނާއި ތެދުމަގުން އެއްކިބާވެފައިވާ މީހުން ތިބިކަން އެގެއެވެ. ވީމާ އެ تخت ގެނައީ ޖިންނިއަކަށް ވުމަކީ ވެސް ފަހަރެއްގައި ހަމަ ވެދާނެގޮތެވެ. އަޅުގަނޑުގެ ޙިޔާލު މިހެންހުއްޓަސް تفسير އިލްމުވެރިން ދެކެނީ އެއީ ޖިންނިއެއް ނޫންކަމަވެ. تفسير ابن كثير ގައި ވަނީ ތިރީގައިވާ ގޮތަށެވެ.

ީIbn Kathir’s dissertation in Tafsir ibn Kathir:

(One with whom was knowledge of the Scripture said: ) Ibn `Abbas said, “This was Asif, the scribe of Sulayman.” It was also narrated by Muhammad bin Ishaq from Yazid bin Ruman that he was Asif bin Barkhiya’ and he was a truthful believer who knew the Greatest Name of Allah. Qatadah said: “He was a believer among the humans, and his name was Asif.”

 

އަޅުގަނޑު ދެކޭގޮތުގައި سليمان ގެފާނަށް علم ވެރިކަން ދެއްވާފައިވުމާއެކު އަދި އާދަޔާ ޚިލާފް ކަންކަން ކުރެއްވުމުގެ ބާރުދެއްވާފައިވާ ރަސޫލަކަށް ވުމާއެކު އެހެން އިންސާނެއް މެދުވެރިކުރައްވާ ﷲ އަށް ދެންނެވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ތިރީގައިވާ އާޔަތް ބައްލަވާށެވެ.

وَلَقَدْ آتَيْنَا دَاوُودَ وَسُلَيْمَانَ عِلْمًا ۖ وَقَالَا الْحَمْدُ لِلَّـهِ الَّذِي فَضَّلَنَا عَلَىٰ كَثِيرٍ مِّنْ عِبَادِهِ الْمُؤْمِنِينَ ﴿١٥﴾

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ داود ގެފާނާއި، سليمان ގެފާނަށް علم ވެރިކަން ދެއްވީމެވެ. އަދި އެ ދެބޭކަލުން ވިދާޅުވިއެވެ. حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އެކަލާނގެއަށް إيمان ވެގެންވާ އަޅުންގެ ތެރެއިން، ގިނަމީހުންގެ މައްޗަށް ތިމަންމެން މާތްކުރެއްވި ރަސްކަލާނގެއެވެ.

ގިނަޢިލްމުވެރިން ދެކެނީ آصف بن برخيا ކަމުގައެވެ. އެއަށް އޮތް ބާރަކީ تفسير ابن كثيرގައި ބަޔާން ކޮށްފައިވާ ނެރޭޝަން އެވެ. މިކަމުގައި ރަސޫލާގެ ހަދީސްފުޅެއް ނެތެވެ. ވުމާއެކު ޢިލްމުވެރިންގެ މެދުގައި ވަކިގޮތެއް ނިންމުމުގައި ތަފާތުތައް އައިސްފައި އެބަަހުއްޓެވެ. މިލިޔުން ބެއްލެވުމުން އެކަން ބޮޑަށް އެގިވަޑައިގަންނަވާނައެވެ.

ވުމާއެކު ތިންވަނަ ގޮތަކީ ބައެއް ޢިލްމުވެރިން ދެކިވަޑައި ގަނަންނަވާ ގޮތަށް، ވަޙީގެ މަލާއިކަތާ( ޖިބްރީލްގެ ފާނުން) މެދުވެރިކުރައްވާ އެކަން ﷲ ފުއްދަވައި ދެއްވުމެެވެ. ފޮތުން ޢިލްމުލިބިގެންވާ މީހާ އަކީ ޖިބްރީލްއަށް ވުމާއި އަދި ﷲ ގެ އިޒްނަފުޅާއެކު އެތަނަށް تخت ގެނަސް ދެއްވުމެވެ. އެކަލޭގެ ފާނަށް ދެއްވި މުއުޖިޒާތެއްގެ ގޮތުގައެވެ. سورة النمل ގެ 40 ވަނައާޔަތުގެ ފަހުބައިން ބޮޑަށް މިކަމަށް ބާރުވެސް ލިބެއެވެ. ކޮންމެގޮތެއްވިޔަސް މިކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ އެވެ.