ބައިތުލް މަޤްދިސްއާއި ބިލްޤީސް އުޅުއްވި ސަރަޙައްދުގެ ދުރުމިން

ބިލްޤީސް ނުވަތަ ކުއީން އޮފް ޝީބާ އުޅުއްވި ތަނެއް ކަމަށް މިހާރު އެންމެބޮޑަށް ބެލެވެނީ ކުރިން ދެނެވިހެން ޔަމަނުގެ މައުރިބެވެ. ގޫގުލް ޗާޓުން ދައްކާގޮތުގައި މައުރިބާއި ބައިތުލް މަޤްދިސް އާއިދޭތެރޭ ހުންނަނީ  2085860 މީޓަރެވެ. ބައިތުލް މަޤްދިސްގައި ހުރި މީހަކު މައުރިބަށް ގޮސް އެބުރި އަންނަނަމަ މި ދުރުމިން ދެގުނަ ވާނެއެވެ.

ވަޤުތު

އެންމެ ފަހުގެ ސައިންޓިފިކް ހޯދުންތަކުން އެގޭ ގޮތުގައި އިންސާނާގެ ލޮލަށް ފެންނަ ތަސްވީރެއް ސިކުނޑިއަށް ދައްކާދޭން ނަގަނީ އެންމެ 0.013 ސިކުންތެވެ (ގްރިފިތްސް، 2014). މިއީ ކަޅިހިންގައިލެވޭ ވަރަށްވުރެ އަވަސްވަގުތެކެވެ. ކީރިތި ޤުރުއާންގެ سورة النمل ގެ 40 ވަނަ އާޔަތުގައި ވާގޮތުން ބިލްޤީސް ރަނިންގެ ތަޚުތުކޮޅު سليمان ގެ ފާނުންގެ އަރިއަހަށް ގެނެވުނީ ކަޅިހިންގައިލެވޭ ވަރަށްވުރެ އަވަހަށެވެ .