ނިންމުން

ދުނިޔޭގައިވާ އިންސާނީ ނަސްލާއި އެންމެހާ ދިރޭތަކެތީގެ ދެމިހުރުމަށް އިރަކީ ވަރަށް މުހިއްމު އެއްޗެކެވެ. އިރުން ލިއްބައިދޭ އަލީގެ ސަބަބުން ގަސްގަހާގެހި ދިރިހުރުމަށް ބޭނުންވާ ކާނާ އުފެއްދުމަށާއި ދިރޭތަކެތި ދުނިޔޭގައި ލެހެއްޓެވުމަށް ބޭނުންވާ ފިނި ހޫނުކަމާއި އަލިކަން ލިބެއެވެ. މީގެ އިތުރުން އިރުގެ ހޫނުގެ ސަބަބުން ދުނިޔޭގެ މޫސުމް ބަދަލުވެ ފެނުގެ ބުރު ހިނގާގޮތް މެދުވެރިވެއެވެ. އިރުނެތްނަމަ ދުނިޔެއަކީ އެއްވެސް ބާވަތެއްގެ ދިރޭ އެއްޗެއް އުޅެވޭނޭ ތަނަކަށް ނުވާނައެވެ. ކާއިނާތުގެ އެތަން މިލިޔަން ތަރިތަކުގައިވާ ދިރުންނެތް ޕްލެނެޓް ތައްފަދަ ޕްލެނެޓަކަށް ދުނިޔެވާނެއެވެ. އިރަކީ ތަރިއެކެވެ. ކޮންމެ ތަރިއަކީ އުފެދުމާއި ފަނާވުން ވާއެއްޗެކެވެ. ކުރިއަށް އޮތް ބިލިޔަން އަހަރުތަކުގައި އިރަށް އަންނަ ބަދަލުގެ ސަބަބުން ދުނިޔޭގެ ކަނޑުތައް ނެތި ދިރުން ނެތި ހިނގައިދާނެއެވެ. ނަމެވެސް ތަފާތު މަރުހަލާތަކަކަށް ފަހު އިރު ރެޑް ޖަޔަންޓަކަށްވެ، އެންމެފަހުން ވައިޓް ޑްވާފް އަކަށްވެ އަލިކަން ފިލައިގެން ގޮސް ބްލެކްޑްވާފަކަށް ވެދާނެއެވެ. އިންސާނީ ނަސްލު ތާރީޚްގެތެރެއަށް ގެއްލިގެންދާނެ އެވެ. މިވާހަކަތައް ކީރިތި ޤުރުއާންގައި މީގެ 1400 ހަރަކަށްވުރެ ކުރިން އައިސްފައި ވުމުން ދަލީލު ކޮށްދެނީ ކީރިތި ޤުރުއާންއަކީ ﷲ ގެ ބަސްފުޅުކަމެވެ. 

މި މަޒްމޫނަކީ ޤުރުއާނާއި ސައެންސްއަށް އިތުކޮށްލެވުނު އިތުރު މަޒްމޫނެކެވެ. މި މަޒްމޫނު ކަމުދިޔަނަމަ އެހެންމީހުންނާއި ހިއްސާކޮށްދެއްވާނެ ކަމުގެ އުއްމީދުގައި ނިންމާލަމެވެ. ޖެހިގެން އޮތް ދެ ސަފްޙާގައި ބަލާލަން ރަނގަޅު ވީޑިއޯތަކެއް ވާނެ އެވެ.