ރެޑް ޖަޔަންޓް ސްޓޭޖްގައި އިރު

އެހެން ތަރިތަކެކޭ އެއްފަދައިން އިރަށްވެސް ނިމުމެއް އަންނާނެއެވެ. 4.6 ބިލިޔަން އަހަރުވެފައިވާ އިރަކީ މެދުއުމުރުގެ ތަރިއެކެވެ. ކުރިއަށް އޮތް 5 ވަރަކަށް ބިލިޔަން އަހަރު އިރުގައިވާ ހައިޑްރިޖަން ނިއުކްލިޔާ ރިއެކްޝަނުގެ ސަބަބަުން، ހީލިޔަމް އަށް ބަދަލުވެ އިތުރަށް ހަކަތަ އުފައްދާ ފިއުލް އަކަށް ހީލިއަމް ވެގެން ދާނެއެވެ. (ކެނަލް، 2016). ހައިޑްރިޖަން މަދުވަމުން ދާވަރަކަށް އިރުގެ ކޯ ދާނީ ކުޑަވަމުން ނެވެ. ވުމާއި އެކު ނިއުކްލިޔާރ ރިއެކްޝަން އިތުރުވާތީ ގާތްގަޑަކަށް 3.5 ބިލިޔަން އަހަރު ވާއިރު މިހާރަށްވުރެ 40 ޕަސެންޓް އިރުގެ އަލިގަދަވާނެ އެވެ. މިހާ ހިސާބަށްދާއިރު ޕޯލްގައި ހުރި އައިސްތައްވިރި، ކަނޑުކެކި އާތްވަށް އަރައި އަދި އެޓްމޮސްފިޔާރ ނެތިހިނގާދާނެއެވެ.

އިރަށް އަންނާނެ ބަދަލުތަކާއި މުއްދަތު ދައްކާދޭ ކުރެހުމެއް.

މި މަރުޙަލާއަށް ދުނިޔެ އަންނައިރު ދުނިޔޭގެ އޯބިޓަށް ބަދަލެއް ނައަންނަނަމަ ދުނިޔޭގައިވާ އެންމެހާ ދިރުން ވާނީ ނެތިގޮސް ވީނަސް ކަހަލަ ޕްލެނެޓަކަށްވެފައެވެ. އަދި މިދުނިޔޭގައި އިންސާނީ ނަސްލުހޯދި ކުރިއެރުމާއި ތަރައްޤީ ތާރީޚުގެ ހިރަފުހުތެރެއަށް ގޮސް ވާނީ ގެއްލިފައެވެ. ރެޑް ޖަޔަންޓް ސްޓޭޖްގައި އިރު މަޑުމަޑުން ބޮޑުވާއިރު މާކަރީ، ވީނަސް އިރުގެ ތެރެއަށް ވަދެ އޭގެ ހޫނުން ފިހި އާތްވައް އަރައިދާނެއެވެ. އިރު ފުފެމުންދާ ނިސްބަތަށްވުރެ ލަހުން ޕްލެންޓްތައް އިރާދުރަށް ފޭވަމުންދާނަމަ ދުނިޔެއާއި މާސް ވެސް އިރުގެ އެޓްމޮސްފިޔާގެ ތެރެއަށް ވަދެގެން ދާނެއެވެ. އަދި ދުނިޔޭގައި އިންސާނުން އުޅުނު ދުވަސްވަރު ރޭގަނޑުއުޑުމަތިން ދައުރުކުރި ހަނދުވެސް އެންމެފަހުން سورة القيامة ގެ 8 ވަނަ އާޔަތުގައިވާފަދައިން އިރާއި އެއްތަން ވެދާނެއެވެ. އޭގެ އަލިކަމެއް ނުފެންނާނެއެވެ. މިހާ ހިސާބަށް ދާއިރު ދިރޭތަކެތި އުޅެވޭނެ ޒޯން މިހާރު ހުރިވަރަށްވުރެ އިރާ ދުރަށް ފޭ ވެދާނެއެވެ. ދުނިޔޭގެ ނަސީބު ރަނގަޅުނަމަ ރެޑް ޖަޔަންޓް ސްޓޭޖްގައި އިރުގެ އެޓްމޮސްފިޔާގެ ތެރޭއިނދެ އިރުން ދޫކުރާސާމާނާއެކު އަދި އިރުގެ ދަމާބާރު ދައްވަމުން ދާއިރު އިރާފޭވަމުން ގޮސް އައު ދިރުމުގެ ޒޯނަކަށް ގޮސްފާނެއެވެ. ވާނެގޮތް ހަމައެކަނި ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.

وَخَسَفَ الْقَمَرُ ﴿٨﴾وَجُمِعَ الشَّمْسُ وَالْقَمَرُ ﴿٩﴾

އަދި ހަނދުގެ އަލިކަން ފިލައިދާހިނދެވެ. އަދި އިރާއި، ހަނދު އެއްތަންކުރައްވާހިނދެވެ. (ޤުރުއާން 7-8: 75) 

ރެޑް ޖަޔަންޓް ސްޓޭޖްގައި ދުނިޔެއާއި ކައިރި ހިސާބަކަށް އިރު ބޮޑުވެ، އޭގެ އެޓްމޮސްފިޔާގެ ތެރެއަށް ދުނިޔެއާއި މާސް ވަދެފައި. ސޯސް: Astronomy) Roen Kelly)

އިރުގެ ރެޑް ޖަޔަންޓް ސްޓޭޖްގައި އިރުގެ އެޓްމޮސްފިޔާއަށް ދުނިޔެ ވަދެގެންދާއިރު ދުނިޔެއިން އުޑުމަތި ފެންނާނެ ގޮތް ދައްކާދޭ ކުރެހުމެއް. ހަނދު ފެނުނުކަމުގައި ވިޔަސް އެއަކުން އަލިކަމެއް ނުފެންނާނެއެވެ،