މިލްކީވޭ އާއި އެންޑްރޮމެޑާ ގެލެކްސީ ގުޅުން

އެންޑްރޮމެޑާ ގެލެކްސީއަކީ  ދުނިޔެއާއި 2.5 މިލިޔަން އަލިއަހަރު ދުރުގައި ވާ ގެލެކްސީއެކެވެ. މި ހަމަލޮލަށް ފެންނަ ގެލެކްސީ ދުނިޔެއާއި ދިމާއަށް ދަތުރުކުރަމުން ދަނީ ސިކުންތަކު 110 ކިލޯމީޓަރުގެ ބާރުމިނުގައެވެ. މިގެލެކްސީ 4.5 ބިލިޔަން އަހަރުފަހުން އަޅުގަނޑުމެންގެ މިލްކީވޭއާއި ޖެހި “މިލްކްމެޑާ” ގެ ނަން ދީފައިވާ ކުކުޅު ބިސް ބުރުގެ  ބައްޓަމުގެ އައުގެލެކްސީއެއް އުފެދޭނެ ކަމުގައި ސައިންސްވެރިން މިހާރު އެއްބަސްވެއެވެ.

އެންޑްރޮމެޑާ ގެލެކްސީ- ސޯސް: Wikimedia

މިގޮތަށް ކްލަސްޓާތަކުގައި ހުންނަ ގެލެކްސީތައް ޖެހި އޭގެން އެހެން ބައްޓަންތަކުގެ ގެލެކްސީތައް އުފެދުމަކީ އާންމުކަމެކެވެ.  ހޯދުންތަކުން ލަފާކުރެވެނީ އިރުގެ ނިޒާމު، އައުގެލެކްސީގެ މެދަށްވުރެ 100 ހާސް އަލިއަހަރު ދުރުގައި ޤާއިމް ވާނެއެވެ. އަދި އިރުގެ ޙަޔާތުގެ ބާކީ ދުވަސްތައް މިއައު ގެލެކްސީގެ މެދުގެ ވަށައި އެނބުރި އެނބުރި ހަޔާތުގެ ބާކީދުވަސް ހޭދަކޮށް އަލިކަން ފިލައި ހިނގާދާނެ ކަމުގައެވެ.