ނިންމުން

މި މަޒްމޫނުގައި އަޅުގަނޑު އަލިއަޅުވާލަން މަސައްކަތް ކުރީ ވަޤުތުގެ މިންވަރަކީ އެކިތަންތަނުގައި ތަފާތު އެއްޗެއްކަން ދައްކައި ދިނުމެވެ. ދުނިޔޭގެ އެކިތަންތަނަށް ރެއާއި ދުވާލުގެ މިންވަރު ތަފާތެވެ، އަދި އެހެންމެ ސޯލާ ސިސްޓަމްގެ ޕްލެނެޓް ތަކުގައިވެސް ތަފާތެވެ. އަދި ﷲ حضرةގައި އަދި އެހެނިހެން ޢާލަމް ތަކުގައިވެސް ވަޤުތުގެ މިންވަރު ތަފާތެވެ. ވަޤުތަކީ ރެލެޓިވް އެއްޗެކެވެ.1 ދުވަހުގެ ދިގުމިން ގަޑިތަކަކުން ފެށިގެން ހާސް އަހަރު އަދި މިލިޔަން އަހަރަށްވެސް ބެލިދާނެއެވެ. ވަޤުތުގެ މިންވަރު ބިނާވަނީ އެވަޤުތު ބެލޭ ތަނަކަށެވެ. މަޒްމޫނުގެ އެކިއެކި ތަންތަނުގައި އަޅުގަނޑު ހިމެނީ. ކީރިތި ޤުރުއާނުގައި އެކިގޮތްގޮތައް ވަޤުތާ ބެހޭގޮތުން އައަިސްފައިވާ ވާހަކަ ތަކެވެ. އަދި އަޅުގަނޑު މަސައްކަތް ކޮށްފައިވާނީ އެވާހަކަތަކަކީ މިޒަމާނުގެ ސައިންސްގެ ޢަލީގައި ތެދުއެއްޗެއްކަން ދައްކައިދިނުމެވެ. ތިބާ އަޅުގަނޑުގެ މި މަޒްމޫނު ކިޔާލުމުން އަޅުގަނޑު ވަރަށް އުފާކުރާކަން ދަންނަވަމެވެ. އަދި އަޅުގަނޑަށް މިމަޒްމޫނު ލިޔުމުގެ ހެޔޮ ތައުފީޤް ދެއްވި ކަމަށްޓަކައި ﷲ އަށް ޙަމްދު ކުރަމުން ނިންމާލަމެވެ.