ކާއިނާތު (އަޅުގަނޑުމެންގެ ޔުނިވާރސް) ހެއްދެވި ދުވަހުގެ އަދަދު

ކީރިތި ޤުރުއާންގެ سورة ق 38 އާޔަތުގައިވަނީ ﷲ އުޑުތަކާއި ބިމާއި އެދެމެދު ވާހާތަން ހެއްދެވީ 6 ދުވަހުންކަމުގައި ވެއެވެ. ބައެއް ތަރުޖަމާތަކުގައި މާނަ ކޮށްފައިވަނީ ދުވަހުގެ ގޮތުގައެވެ، އަދި ބައެއް ތަރުޖަމާތަކުގައި ވަނީ މުއްދަތެއްގެ ގޮތުގައެވެ.   

وَلَقَدْ خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ ﴿٣٨﴾

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެއަށް ވަރުބަލިކަމެއް ލިބިވޮޑިއެއް ނުގަންނަވަތެވެ. (ޤުރުއާން 50:38)

ސައިންޓިފިކް ގޮތުން އެގެނީ ޔުނިވާރސްގެ އުމުރަކީ 13.8 ބިލިޔަން އަހަރުކަމުގައެވެ. ދުނިޔޭގެ އުމުރަކީ 4.5 ބިލިޔަން އަހަރެވެ. ވީމާ 9.3 ބިލިޔަން އަހަރު ދުނިޔެ އުފެދުމާދެމެދު ނެގިއެވެ. މިއަދަދު 6 ކުން ގެއްލުމުން 1.55 ބިލިޔަން އަހަރެވެ. އަދި އެއީ ދިގުމުއްދަތެކެވެ. ތިރީގައިވާ ޗާޓަކީ ވިސިބަލް ޔުނިވާރސް އުފެދުނުއިރު އެކިއެކި ބައިތައް ފުރިހަމަވި މުއްދަތު ލަފާކޮށް ދައްކައިދޭ ޗާޓެކެވެ.

ނޭޗާރ ޓައިމްލައިން- ސޯސް: en.wikipedia.org