ސޯލާ ސިސްޓަމް ގެ ޕްލެނެޓް ތަކުގައި ވަޤުތު

އަޅުގަނޑުމެންގެ ދުނިޔެ ނިސްބަތްވާ ސޯލާ ސިސްޓަމްގެ އެކިއެކި ޕްލެނެޓް ތަކުގައި ރެޔާ ދުވާލުގެ ވަޤުތު ތަފާތެވެ. އެޕްލެނެޓްތައް އެބުރޭ ބާރުމިން ތަފާތު ވުމާއިއެކު ދުވާލާއި ރޭގަނޑުގެ ދިގުމިންވެސް ތަފާތެވެ. ބައެއް ޕްލެނެޓްތަކުގެ ރެއާއި ދުވާލުގެ ދިގުމިިން ދުނިޔޭގެ ރެއާއި ދުވާލާއި އަޅާކިޔާއިރު ވަރަށް ދިގެވެ. ތިރީގައިވާ ތަސްވީރުން ދައްކައިދެނީ އެކިއެކި ޕްލެނެޓްތަކުގައި ރެއާއި ދިގުމިނެވެ.

ސޯލާސިސްޓަމްގެ ހިލައިގެ ބިން އެކުލެވިގެންވާ ޕްލެނެޓްތަކުގެ ދުވަހުގެ ދިގުމުން- ސޯސް: triand.com

މަތީގައިވާ ޓޭބަލުން އެނގޭގޮތުގައި ރެޔަކާ ދުވާލެއް އެންމެ ދިގީ މާކަރީގައެވެ. އެއީ ދުނިޔޭގެ 59 ދުވަހެވެ. އަދި އެހެންމެ ކުރީ ޖުޕިޓާރގައެވެ. އެއީ ދުނިޔޭގެ 10 ގަޑި އިރެވެ. މި ވަޤުތުތައް އިތުރަށް ދަނެގަތުމަށްޓަކައި އަޅުގަނޑު މިސާލެއް ނަގާނަމެވެ. ކިޔުންތެރިޔާ ދުނިޔެއަށް އައިއިރު ތިބާއާއި އެކު އެއްމާބަނޑު 5 ބެއިން ދުނިޔެއަށް އުފަންވި ކަމުގައި ދެކޭށެވެ. ތިބާ ދުނިޔޭގައި މަޑުކުރިއިރު އެހިދުން އެހިދަށް އަނެއް ހަތަރުބެއިން މާކަރީއާއި ވީނަސްއާއި މާސް އަދި ޖުޕިޓާރ އަށް ހިޖުރަކުރިއެވެ. އެތަންތަނުގެ ވެއްޓަކީ އިންސާނުންނަށް އުޅެވޭނެ ވެއްޓެއް ކަމުގައި ޚިޔާލަށް ގެންނަވާށެވެ. ތިބާގެ އުމުރުން އަދަކީ 50 ވަނަ އުފަންދުވަހެވެ. އެމީހުންނަށް ފުރުނީ ކިތައް އަހަރު ހެއްޔެވެ؟