ނިންމުން

ހުވަފެން ފެނުމުގައި ރޫޙާނީ އަދި ޖިސްމަނީ ސަބަބުތަކެއް ވެއެވެ. ސައިންސްގެ އެހީގައި ޖިސްމާނީ ސަބަބުތަކެއް އެނގުނަސް ރޫޙާނީ ސަބަބުތަކެއް ނެގެއެވެ. ކޮންމެ ގޮތެއް ވިޔަސް ޖިންނި ޝައިޡާނުންނާއި އިބުލީސް އަދި މަލާއިކަތުންފަދަ ރޫޙާނީ ބާރުތަކުން އިންސާނާގެ ބުއްދިޔާއި، ފިކުރާއި އިހުސާސްތަކަށް އަސަރުކުރުވުމުގެ ޤާބިލްކަން ލިބިފައިވެއެވެ. މި ލިސްޓަށް އެއާއި މެދު މާކަބޮޑު މައުލޫމާތެއްނެތް ފުރާނަވެސް ބޭނުންނަމަ އިތުރުކުރެވިދާނެއެވެ. މި ރޫޙާނީ ބާރުތަކުން އިންސާނާ ހޭލައި ހުންނައިރާއި ނިދާފައި އޮންނައިރު އޭނާގެ ކޮންޝިއަސްނަސް އަށް ބާރުފޯރުވާށާއި ނިދާފައި އޮންނައިރު ހުވަފެނުގެ ޒަރިއްޔާއިން އިންސާނާއާއި މުއާމަލާތް ކުރުމުގެ ޤާބިލްކަން ލިބިފައިވެއެވެ. އަދި އެހެންމެ ޖިންނި ޝައިތާނުންފަދަ ބައެއް ރޫޙާނީ ބާރުތަކަށް ފަންޑިތައާއި ސިހުރު ބޭނުންކޮށްގެން ބާރުފޯރުވަން އިންސާނުންގެ ތެރެއިން ބައެއް މީހުން ދަސްކުރެއެވެ. މިފަދަ ކަންކަން ތަފާތު ދީންތަކުގެ މީހުން ވެސް ކޮށް އުޅެއެވެ. ނިންމާލަމުން ދަންނަވަންޖެހެނީ އަޅުގަނޑަށް ލަފާކުރެވެނީ ތެދު ވާ ހުވަފެނުގައި ފެންނަ ކަންކަމަކީ އިންސާނާގެ ބެލުމުގައި ތިއްބަވާ މަލާއިކަތުން އިންސާނާޔަށް ދޭ މެސެޖްތަކެކެވެ. އަދި އެފަދަ ހުވަފެންތަކަކީ އެބޭކަލުން އިންސާނާއާއި މުއާމަލާތް ކުރާގޮތްތަކެކެވެ. ތިމާގެ އީމާން ތެރިކަމާއި ތަޤްވާވެރިކަން ހުންނަމިންވަރަކުން އެފަދަ ހުވަފެނުން ލިބޭ މެސެޖްތައް ކޮންމެވެސް ވަރަކަށް ލަފާކުރެވިވެސް ދާނެއެވެ. މިގޮތުން ހުވަފެން ތައުބީރުކުރަން ބޭނުންކުރެވިދާނެ ބައެއް އުސޫލުތަކެއް އިސްލާމީ ޢިލްމުވެރިންވެސް ލިޔުއްވާފައިވެއެވެ. ދެން އެހެން މަޒުމޫނެއްގައި އިރާދަކުރެއްވިއްޔާ އެކަމަށް އަލި އަޅުވާލާނަމެވެ. ވަކިވުމުގެ ކުރިން އެދެނީ މި މަޒުމޫނު ކަމުދިޔަނަމަ އެހެން ކިޔުންތެރިންނާއި ހިއްސާކޮށްލަ ދެއްވުމެވެ. ޝުކުރިއްޔާ!