ކަނޑުގައި މަތިމައްޗަށް ހުންނަ އަދިރި ކަމަކީ ފަހެ ކޮބާ؟

މިހާހިސާބަށް މިމަޒުމޫނު ލިޔެވުނުއިރު ކަނޑުގެ އެކި ޒޯންތަކުގެ ވާހަކަ ދެކެވިއްޖެއެވެ. ކަނޑުގެ އަލިހުންނަ ޒޯންއާއި ޓްވިލައިޓް ޒޯން އާއި މިޑްނައިޓް ޒޯންގެ ވާހަކަވެސް ދެކެވިއްޖެއެވެ. ކަނޑުގެ ސަތަހައިން ފެށިގެން 1000 މީޓަރަށްވުރެ ފުނުގައި އެއްވެސް އަލިކަމެއް ނުހުންނަ ވާހަކަވެސް ދެކެވިއްޖެއެވެ. ކަނޑުގެ އަޑިޔަށް ދާވަރަކަށް މަތިމައްޗަށް އަނދިރިކަން ވެރިވަމުންދާކަން ކިޔާދެވިއްޖެއެވެ. އަލިކަމުގެ ތެރެއިން އަދިރިވަމުންގޮސް ކަނުއަދިރިކަމާ ހަމަޔަށް ދެވޭވާހަކަ ބުނެދެވިއްޖެއެވެ. އެމީހާގެ އަމިއްލަ އަތް މޫނުމައްޗަށް ދިއްކުރިއަސް އެނުފެންނަހާ ކަނުއަދިރިކަމުގެ ވާހަކައެވެ. ކީރިތި ޤުރުއާންގެ سورة النور ގެ 40 ވަނަ އާޔަތުގެ މާނާގައިވަނީ، “ނުވަތަ ފުން ކަނޑެއްގައިވާ އަނދިރިތަކެއްފަދައެވެ…..އެމީހާގެ އަތް ނެރުނަސް، އެ ފެންނާންވެސް ގާތްނުވެއެވެ.”. ޤުރުއާންގައި “އަނދިރިތަކެއް” އޮތީ އެކިޒޯންތަކުގައި އަދިރިކަން ހުންނަނީ އެކި މިންވަރަށް ކަމުގައިވާތީ ކަންދޭހަވެއެވެ. ހަމަކަށަވަރުން ކަނޑުގެ އަދިރިކަން މިގޮތަށް ހުންނަކަން އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާއަށް މީގެ 1400 އަހަރުކުރިން އެނގޭނީ ކިހިނެއްހެޔެވެ؟ މީގެން އެނގެނީ ޤުރުއާންއަކީ މާތްﷲ ބާވާލެއްވިފޮތެއް ކަމެވެ. 


ނިންމުން

މިމަޒްމޫނުއަކީ އަޅުގަނޑުގެ “ޤުރުއާނާއި ސައިންސް” ގެ ސިލްސިލާގެ ލިޔުންތަކަށް އަނެއްކާވެސް އިތުރުކޮށްލެވުނު ލިޔުމެކެވެ. ވަަަރަށްގިނަ ދުވަސްތަކެއް ވެއަތުވުމަށްފަހު މި މަޒުމޫނު ލިޔެލެވުނުކަމާމެދު ވަރަށް އުފާކުރަމުން، އެކަމުގެ ހެޔޮތައުފީޤް ދެއްވިކަމަށްޓަކައި ﷲ އަށް ޝުކުރުވެރިވަމުން ނިންމާލާނަމެވެ. މިޕޭޖް ލައްޕާލުމުގެ ކުރިން ވީޑިއޯތައް ބައްލަވާލެއްވުމުން އަދި އިތުރައް މަޢުލޫމާތު މުއްސަދިވެގެންދާނެއެވެ. އަޅުގަނޑު އެދެނީ މިފަދަލިޔުންތަކުން އަޅުގަނޑުމެންގެ ތަޢުލީމީ ޒުވާނުންގެ އަޤީދާ ވަރުގަދަވެގެން ދިޔުމެވެ. އަޅުގަނޑު އެދުމަކީ ކިޔުންތެރިޔާއަށް މި މަޒުމޫނުކަމުދިޔަނަމަ އެހެން މީހުންނާއި ހިއްސާ ކޮށްލަދެއްވުމެވެ. 


ބޭނުންތެރި ވީޑިއޯތައް

އިންޓާނަލް ވޭވްސް އުފެދޭގޮތް ދައްކާލަނީ (4 މިނެޓް 50 ސިކުންތު)- ސޯސް:Youtube

ޖޭމްސް ކެެމެރަން މެރިޔާނާ ޓްރެންޗުގެ ޗެލެންޖާ ޑީޕަށް ފީނިމަންޒަރު (2 މިނެޓް 4 ސިކުންތު)- ސޯސް: National Geographic

މިހާ ހިސާބަށް ފެނިފައިވާ އެންމެ ފުނުގައި ދިރިއުޅޭމަސް. މެރިޔާނާ ޓްރެންޗްގެ 7894 މީޓަރާއި 8178 މީޓަރު ކަނޑުގެ އަޑި (1 މިނެޓް 19 ސިކުންތު)– ސޯސް: JAMSTEC

އަނދިރި ކަނޑުގައި އެންގްލާ ފިޝް އޭގެހަށިގަނޑުން އުފައްދާ އަލީގެ އެހީގައި ދަތުރު ކުރަނީ (2 މިނެޓް 55 ސިކުންތު)- ސޯސް: National Geographic