ނިންމުން

ދުނިޔޭގައި އިންސާނުން އުޅެންފެށިީއްސުރެ އުޑުހުންނަ ގޮތާއިމެދު އެބައި މީހުން ވިސްނައެވެ. އެންމެ ތުއްތު އިރުއްސުރެން ފެށިގެންނެވެ. އުޑު ކަމަށް އަޅުގަނޑުމެންނަށް ހިީވާހިސާބުގައި ހަނދާއި ތަރިތައް ނުހުންނަކަން އެނގުނީ ވަރަށް ފަހުންނެވެ، އެއީ ސައިންސުން އެފަދަ މަޢުލޫމާތު ލިބި މީހުން ހޭލުންތެރިވުމުންނެވެ. ޤުރުއާނުގައި 7 އުޑުގެ ވާހަކައޮތުމުން، 7 އުޑު ހުންނަގޮތް މީހުން ތަފާތު ގޮތްގޮތަށް ކިޔައި އުޅުނެވެ. މިމަޒްމޫނުގައި އަޅުގަނޑު މަސައްކަތް ކޮށްފައިވަނީ އެފަދަ މިސްކޮންސެޕްޓްތައް، ލިބެންހުރި މަޢުލޫމާތުގެ އަލީގައި ރަގަޅުކުރުވުމެވެ. އޭގެ ސަބަބުން ދީނާއިމެދު ޕޮސިޓިވްކޮށްދެކި އަޅުގަނޑުމެންގެ އަޤީދާ ވަރުގަދަ ކުރުވުމެވެ. އަޅުގަނޑުގެ މި މަޒުމޫނު ކިޔާލަން ތިބާ ވަޤުތުކޮޅެއް ހޭދަ ކުރިކަމަށްޓަކައި ފައްފަށުން ޝުކުރުވެރިވެ، އަދި މި މަޒްމޫނު ތިބާޔަށް ކަމުދިޔަނަމަ އެހެން ރަޙުމަތްތެރިންނާއި ޙިއްސާ ކޮށްލަދޭނޭކަމުގެ އުއްމީދުގަ ނިންމާލަމެވެ.