ބިލްޤީސް ރަނިންގެ تخت ބައިތުލްމަޤްދިސްއަށް ގެންދެވުނީ އަލީގެ ސްޕީޑްގައި ނުވަތަ އެއާއި ވަރަށް ގާތްކުރާ ސްޕީޑެއްގައި ކަމަށް ވެދާނެ- އަޖައިބުކުރުވަނި ހިސާބުގެ އަދަދުތައް!

ފެށުން

سليمان ގެ ފާނުންގެ ވާހަކަޔަކީ ކީރިތި ޤުރުއާންގެ އިތުރުން އިންޖީލުގައި ވެސް އޮންނަވާ ވާހަކަތަކަކަށް ވުމާއެކު ހުރިހާ ބޮޑެތި ދީންތަކުގެ އަހުލުވެރިންނަށް ބިލްޤީސް (ކުއީން އޮފް ޝީބާ) ގެ ވާހަކަ އަކީ މުހިންމު ވާހަކައެކެވެ. ވުމާއެކު ބިލްޤީސްގެ އަސްލު ރަސްކަންއޮތީ ކޮން ސަރަހައްދެއްގައިތޯ ދަނެގަންނަން ހުރިހާ ދީންތަކެއްގެ އާކިޔޮލޮޖިސްޓުން މަސައްކަތް ކުރަމުންދެއެވެ. ސަބާގެ ވެރިކަންއޮތީ ޔަމަނުގައިކަން މިހާރު ގިނަ ޢިލްމުވެރިން ޤަބޫލުކުރެއެވެ. މިގޮތުން އެރިޓްރިޔާ، އިތެޔޮޕިޔާ، ސޫދާންއާއި ޔަމަން ހިމެނޭ ސަރަހައްދަކީ، އެވެރިކަމުގެ ދަށުގައި އޮތްތަންތަން ކަމުގައި ވެދާނެކަމަށް ބައެއް އާކިޔޮލޮޖިސްޓުން ދެކެއެވެ. އެހެން ކަމުގައިވާނަމަ ޤްރުއާންގައި އެވާ ސަބާ އަކީ މިދެންނެވި ހުރިހާ ޤައުމުތަކަށް ނިސްބަތްވާ ސަރަޙައްދަކަށް ވުންވެސް ގާތެވެ. އެހެންވެއްޖެނަމަ އެސަރަހައްދުގައި ދިރިއުޅުނު މީހުންގެ މެދުގައި އެވާހަކަތައް ހިއްސާކުރެވިފައިވާނެއެވެ. އެކިއެކި ސަބަބުތަކާހުރެ އެދުވަސްވަރުން ފެށިގެން އަދާޖެހެންދެން ޤައުމުތަކުގެ ބޯޑަރުތައް ބަދަލުވަމުން ގޮސް، އެވާހަކަތައް ހިއްސާކުރިމީހުން އެކިދިމާޔަށް ބެހި އަދި އެކިޤައުމުތަކަށް މިހާރު ނިސްބަތްވަނީ ކަމުގައިވުންވެސް ގާތެވެ.

ކިޔުއްވި ބޭފުޅުން: 9433