އަލިފާން ފަރުބަދަތަކުގެ މަތީގައިއޮތް ޖަޒީރާތައް: ދިވެހިރާއްޖޭގެ ޖިއޮލޮޖީއަށް ކުރުބަލާލުމެއް

Published: 15th January 2019,Local Time: 07:00 AM (Maldives), GMT 12:00 PM. Author: Mohamed Jameel

ކިޔުއްވި ބޭފުޅުން: 9264

ފެށުން

އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖެއަކީ މުރަކައިގެ ދޮންވެލިން އުފެދިފައިވާ ރަށްތަކަކުން އެކުލެވިގެންވާ ޤައުމެކެވެ. މީގެ ކޮންމެރަށެއް އުފެދޭއިރު އަޅުގަނޑުމެންނަށް ފެންނަނީ ކަނޑުގައި އޮންނަ ފަރަކަށް ދޮންވެލިޖަމާވެ އުފެދޭ ފިނޮޅެއްގައި ގަސްގާގެހި ފަޅާ ރަށަކަށް ވާތަނެވެ. އެފަރުތައް މާސިންގާ ފުންކަނޑުގައި އުފެދިފައިވަނީ ކިހިނެއްތޯ ހިތްޕުޅަށް އަރައިވަޑައިގަންނަވަނީ ކިތައްބޭފުޅުން ބާވައެވެ؟ އިލްމުވެރިން ވިދާޅުވާގޮތުން، އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތައް އުފެދިފައިއޮތީ، ކަނޑުގެ އަޑީގައިއޮތް، ހަރަކާތްތެރިނުވާ، ޒަމާންވީ އަލިފާން ފަރުބަދައެއްގެ މަތީގައެވެ. ބައެއް އިލްމުވެރިން ދެކެވަޑައިގަންނަވަނީ މިފަރުބަދައިގެ ކުރި ފުރަތަމަ ހުރީ ކަނޑުން މައްޗަށް އުފުލިފައިކަމުގައެވެ. އެހެން ބޭފުޅުން ދެކެވަޑައިގަންނަވަނީ ކުރިހުރީ ކަނޑުގެ އަޑީގައިކަމުގައެވެ. މިމަޒުމޫނުގައި ބަލާލާނީ މިދެގޮތަށްވެސް ރާއްޖޭގެ އަތޮޅުތައް އުފެދިދާނޭ ގޮތުގެ މައްޗަށެވެ. މިފަރުބަދައަށް ދީފައިވާ ނަމަކީ “ޗާގޯސް-ލެކަޑިވް ޕްލެޓޯަ” ނުވަތަ “ޗާގޯސް-ލެކަޑިވް ރިޖް” އެވެ. މަތިފަތާކޮށް ހުންނަ ފަރުބަދަޔަށް އިނގިރޭސިބަހުން ކިޔާއުޅެނީ ޕްލެޓޯއެވެ.  ރިޖަކީ ޖެހިޖެހިގެން އެތުރިފައި ހުންނަ ފަރުބަދަތަކުގެ މައްޗެވެ. މި ފަރުބަދަތައް އިންޑިޔާކަނޑުގެ އުތުރުން އެކަނޑުގެ މެދާހަމަޔަށް ފޯރައެވެ. ޖިއޮގްރަފީގައި ދުނިޔޭގެ ތަންތަން ފާހަގަކުރަން ބޭނުންކުރާ ކޯޑިނޭޓުން ދަންނަވާނަމަ މިދެންނެވި ފަރުބަދަތައް ދަމާލެވިފައިވަނީ 10 ޑިގްރީ ދެކުނުން 15 ޑިގްރީ އުތުރަށެވެ. ޗާގޯސް-ލެކެޑިވް ރިޖްގައިވާ ރަށްތައް ނިސްބަތް ވަނީ އަވަށްޓެރި އިންޑިޔާގެ ލަކްޝަދީޕަޝާއި އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށާއި ޗާގޯސްގެ ރަށްތަކަށެވެ. މި ބަރިއަކަށް ހުންނަ ޖަޒީރާތައް ޤުދުރަތީގޮތުން ބެހިފައިވަނީ 3 ބަޔަކަށެވެ.


އެއްކަހަލަ ވެށްޓެއް ހިއްސާކުރާ އަވައްޓެރިން

ތިރީގައިވާ ތަސްވީރުން ދައްކައިދެނީ ޔޫ. އެސް. އޭ. ގެ ނެޝެނަލް ސެންޓާރސް ފޯ އެންވަޔަރަމަންޓަލް ހިންފޮމޭޝަނުން ތައްޔާރުކޮށް އާންމުކޮށްފައިވާ ބަތިމެޓްރިކް އެންޑް ފިޝިންގެ މެޕެކެވެ. އެބަހީ ކަނޑުގެ ފުންމިންދައްކަދޭ މަސްވެރިކަމުގެ ޗާޓެކެވެ. ފުންމިނުގެ އަދަދުތައް އޭގައިނެތީ، އެއަދަދުތައް ނުހިމަނައި ޗާޓުގެ ބޭނުންވިބައި އަޅުގަނޑު ނެގީމާކަމުގައި ދަންނަވަމެވެ. މި ޗާޓުން އިންޑިޔާގެ އުތުރުން ތިޔަ ފެނިވަޑައިގަންނަވަނީ ނައިންޓީ އީސްޓް ރިޖެވެ. ވައަތްޕުޅުފަރާތު ތިރީގައިއެވަނީ ސެސެލު (ސީޝެލްސް) އޮންނަ މެސްކަރީން ޕްލެޓޯއެވެ.

Credit: NOAA

ޗާގޯސް-ލެކެޑިވް ރިޖާއި މަސްކަރީން ޕްލެޓޯ- ސޯސް:NOAA

ލަކްޝަދީޕް: ރާއްޖޭގެ އުތުރުގައި މަލިކު އޮންނަކަން އަޅުގަނޑުމެންގެ ގިނަދިވެހިން ދެނެވަޑައިގަންނަވައެވެ. އަޅުގަނޑުމެން މިދިރިއުޅޭ ޖަޒީރާ  ރަށްތައްފަދަ ރަށަކަށް މަލިކު ވާއިރު، މިރަށް ނިސްބަތްވަނީ އަތޮޅުތަކަކަށާއި ވަކި ޖަޒީރާތަކެއްހިމެނޭ އިންޑިޔާގެ ސްޓޭޓެއްކަމުގައިވާ ލަކްޝަދީޕަށެވެ. މަލިކުގެ ފޮޓޯބައްލަވާލައްވަން، ނޫކުލައިން ފާހަގަ ކޮށްދީފައިވާ، އިސްވެދިޔަ ލިންކު ނަންގަވާށެވެ. އިންޑިޔާގެ މިސްޓޭޓްގައިވަނީ ލެކަޑިވްގެ ރަށްތަކާއި މަލިކު (މިިނިކޮއި) އަދި އަމިންޑިވި ޖަރީރާތަކެވެ. ކަވަރައްޓިއަކީ މިސްޓޭޓްގެ ވެރިކަންކުރާރަށެވެ. މިސްޓޭޓްގެ ގިނަ އަހުލުވެރިންނަކީ މުސްލިމުންނެވެ އަދި ވާހަކަދައްކާއުޅެނީ މަޅިޔާލަމް ބަހުންނާއި މަހަލް ބަހުންނެވެ. 

ލަކްޝަދީޕްގެ ރަށްތައް –wikimedia commons

ޗާގޯސް ޖަޒީރާތައް: ރާއްޖޭގެ ދެކުނުގައި އޮންނަ ފޯޅަވަހި (ޑިއޭގޯ ގަރުސިޔާ) އަކީ އިނގިރޭސިންގެ އިންޑިޔާކަނޑުގެ  ސަރަޙައްދުގެ (ޗާގޯސްގެ) ރަށެކެވެ. ޗާގޯސްގެ އެކިބޮޑުމިނުގެ 10 ޖަޒީރާ ހިމެނޭ ރަށްތައް އެތުރިފައިވަނީ އަތޮޅުތަކަކަށާއި ވަކި ޖަޒީރާތަކެއްގެ ގޮތުގައެވެ، މި ޖަޒީރާތަކުގެ ތެރެއިން މީހުން ދިރިއުޅޭ އަދި އެންމެބޮޑު ރަށަކީ އަދި އަތޮޅަކީވެސް  ފޯޅަވައްސެވެ.  1968 އާއި 1973 ވަނަ އަހަރާއި ދެމެދު ޗާގޯސްގައި ދިރިއުޅެމުންދިޔަ، ގާތްގަނޑަކަށް 2000 ވަރަކަށް އަހުލުވެރިން މޮރިޝަސް އަށާއި ސެސެލަށް (ސީޝެލްއަށް) ބަދަލުކުރުމަށްފަހު މިރަށް މިހާރު ބޭނުންކުރަމުންދަނީ އެމެރިކާގެ އިންޑިޔާކަނޑުގެ ބޭސްއެއްގެ ގޮތުގައެވެ.  

This image has an empty alt attribute; its file name is Chagos_map-916x1024.png

ޗާގޯސްގެ ޖަޒީރާތައް -ސޯސް: Wikimedia Common